Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

ގެއްލުނު ސަބްމެރިން އޮތީ ތިން ބުރިވެފައި، އެ ސަރަހައްދުން ނަމާދު ކުރާ މުސައްލަ ފަދަ ތަކެތި ފެނުނު

ގެއްލުނު ސަބްމެރިން އޮތީ ތިން ބުރިވެފައި، އެ ސަރަހައްދުން ނަމާދު ކުރާ މުސައްލަ ފަދަ ތަކެތި ފެނުނު

މިދިޔަ ބުދަ ދުވަހު ގެއްލުނު އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ސަބްމެރިން، ކަނޑު އަޑީގައި ތިންބުރިވެފައި އޮއްވާ ފެނިއްޖެއެވެ.

ބާލީގެ އައްސޭރިފަށާ 100 ކިލޯމީޓަރު ދުރުން ގެއްލުނު އަސްކަރީ ސަބްމެރީންގައި އެވަގުތު 53 މީހުން ތިބިއިރު، އެމީހުން މަރުވެފައިވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ސަބްމެރީން އޮތީ ކަނޑުގެ 800 މީޓަރަށް ވުރެ ފުން ހިސާބެއްގައެވެ. މިއީ އުޅަނދަށް ދެވޭ ފުންމިނަށް ވުރެ މާ ފުނެވެ. އެ ތަނުގައި ސަބްމެރީން އޮތްކަން ޔަގީންކުރީ ސިންގަޕޫރުން ގެނައި ކަނޑުއަޑީގައި ބޭނުން ކުރާ ރެސްކިއު ވެހިކަލެއް ފޮނުވައިގެން ސަބްމެރިންގެ ބައިތަކުގެ ފޮޓޯ ނަގައިގެންނެވެ.

Advertisement
Ooredoo — Truecaller (box)

"ކޭއާރްއައި ނަންގަލަ-402" ސަބްމެރީން ގެއްލުނީ ބާލީގެ އުތުރުން ކުރިއަށް ދިޔަ އަސްކަރީ ތަމްރީނެއްގައި ފުނަށް ދިޔުމަށް ހުއްދަ ހޯދުމަށްފަހުއެވެ. މި ސަބްމެރިން ގެއްލުނު ސަރަހައްދުން މުސައްލައަކާއި އިތުރު ބައެއް ތަކެތި ވަނީ ފެނިފައެވެ.

ޖަރުމަނުގައި 1970 ގެ ތެރޭގައި އުފެއްދި މި ސަބްމެރިނަކީ 40 އަހަރުވެފައިވާ އުޅަނދެކެވެ. އަދި 2012 ވަނަ އަހަރު ދެކުނު ކޮރެއާގައި ދެ އަހަރެއްހާ ދުވަހު ބޮޑު މަރާމާތެއް ވަނީ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް