Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުޑަކުއްޖަކު ރޭޕްކުރި މީހަކު 40 އަހަރަށް ޖަލަށް

ކުޑަކުއްޖަކު ރޭޕްކުރި މީހަކު 40 އަހަރަށް ޖަލަށް

ކުޑަކުއްޖަކު ރޭޕްކޮށް، އެ ކުއްޖާގެ ބަރަހަނާ މަންޒަރުތައް ރެކޯޑްކުރި މީހަކު 40 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ ކުށް ސާބިތުވެފައިވަނީ ލ. ކަލައިދޫ، މާކަރީލައިޓް، މުޙައްމަދު ޝަޒްލީފްގެ މައްޗަށެވެ.

ދައުލަތުން ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު، ޢުމުރުން 17 އަހަރުގެ ކުއްޖާ ލ.ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ނަގާފައިވާކަމަށެވެ.

Advertisement
Ooredoo — Square (box)

މި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާކަމަށެވެ. އަދި ކުޑަކުދިންނަށް ޖީންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށެވެ.

އެކަމަކު އޭނާ ބަންދުގައި ދެ އަހަރާއި 1 މަހާއި 14 ދުވަސް ހޭދަކޮށްފައިވާތީ ހުކުމުގެ މުއްދަތުގެ އެ ބައި ވަނީ އުނިކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް