ޚަބަރު ސިޔާސީ

ޝުޖާޢު ރައީސް ޞާލިޙަށް: ރައީސް ޔާމީންގެ ލިސްޓުގައި މަނިކުފާނެއް ނެތް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ލިސްޓުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނަންފުޅެެއް ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެެއެވެ.

Ads by STELCO

އޭނާ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ، ރޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި، ރައީސް ޔާމީން "އޯކޭ" ނޫން ކަމަށާއި، އެމަނިކުފާނާއެކުގައި ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވުމާ ގުޅިގެންނެވެ.

ޝުޖާޢު ވިދާޅުވީ ރައީސް ޔާމީން ޣައްދާރުންނާ ވާހަކަފުޅެއް ނުދައްކަވާނެ ކަމަށާއި، އެކަމުގެ ޝައުގުވެރިކަމެއްވެސް ނުގެންގުޅުއްވާ ކަމަށެވެ.

"ރައީސް ޔާމީން އޮތީ، ޖަލުގެ އޮފިޝަލުންނަށްވެސް ދަންނަވާފަ، ޣައްދާރުންގެ މީހެއް ފޮނުވައިގެން ބައްދަލު ކުރަން އަންނަ މީހަކާވެސް އެމަނިކުފާނު ބައްދަލު ނުކުރައްވަވާނެ ކަމަށް. އަދި އެ ފުރުސަތުވެސް ނުދެއްވުމަށް."

ޝުޖާޢު އިތުރަށް ވިދާޅުވީ، ރައީސް ޔާމީނާ ވާހަކަ ދެެއްކެވުމުގެ ޝައުގުވެރިކަން ގެންގުޅުއްވިޔަސް އެމަނިކުފާނުގެ ލިސްޓުގައި ރައީސް ޞާލިޙެއް ނެތް ކަަމަށެވެ.

ރައީސް ޔާމީން "އޯކޭ" ނޫން ކަމަށް ވިދާޅުވެ، ރައީސް ޞާލިޙު ވަނީ އަނިޔާވެރިކަން ނެތި ބިރުވެރިކަން ފިލައި ހައްގުތައް ކަށަވަރުވި އިރު، ބުރައިގެ މައްޗަށް ބުރަ، ބިރުގެ މައްޗަށް ބިރު، އަނިޔާގެ މައްޗަށް އަނިޔާ ތަކުރާރުކޮށް ތަހައްމަލު ކުރި ބަޔަކީ ވެސް އެމްޑީޕީ ކަމަށް ވިދާޅުވެފައެވެ.

"އެއީ ޑިމޮކްރަސީއަށްޓަކައި ރާއްޖޭގެ ނިޒާމު ހަމަ މަގުން ހިންގުމަށްޓަކައި ހުދު އަޅުގަނޑުމެންނަށްޓަކައި ވެސް އެކަން އޮތް ގޮތް. ވޭތުވެދިޔަ ތަނުގައި ތިޔަބޭފުޅުންނަށް ކުރި އަނިޔާތަކާއި ދެއްކި ބިރާއި އޭގެ ފަހަތުގައި ތިބި މީހުންނަށް އަޅުގަނޑު އޯކޭއެއް ނޫން. އެމީހުންނާ އެކީގައި އަޅުގަނޑު ކުރާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

 

Ads by Ooredoo
  1. އިއްބެ

    އެކަކުއަނެކަކާދިމާލަށްޣައްދާރުކިޔާއިރު ތިޔަސިޔާސީމީހުންގެތެރޭގައިޣައްދާރުނޫންމީހަކުއެބައުޅޭތަ ޣައްދާރަކީޢަރަބިލަފުޒަކަށްވާއިރު ޣައްދާރުގޮވާމީހުނަށްމިލަފުޒުގެމާނައެނގޭތަ