ޚަބަރު ސިޔާސީ

އެމްޑީޕީ މެމްބަރުންގެ ކިބައިން އާދޭހާއެކު މިއެދެނީ ކައްޗައް ފިޔަވަޅެއް ނޭޅުމަށް: ރިޒާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ކައްޗައް ފިޔަވަޅެއް ނޭޅުމަށް އާދޭހާއި އެކު އެމްޑީޕީގެ މެމްބަރުން ކައިރިން އެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތުން ރޭ އާރޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރުން ރިޒާ ވިދާޅުވީ އަމާން އައްސޭރިއަކަށް ގެންދެވޭނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ކަމަށެވެ.

"އެމްޑީޕީގެ ލޮބުވެތި އެންމެހާ މެމްބަރުންނަށް މިއަދު އަޅުގަނޑު އާދޭހާއެކުގައި، އަޅުގަނޑުގެ ސޯޅަ ސަތާރަ އަށާރަ ވިހި އަހަރުގެ ތަޖުރިބާއާއި އެކީގައި އާދޭހާއި އެކު މިދަންނަވަނީ ނަމަނަމަ ކައްޗައް ފިޔަވަޅެއް ނާޅައްޗޭ. ދައްޗާ އުނދަގުލުން ސަލާމަތްކުރި އިއްޒަތްތެރި ރައީސް 2 ނަންބަރު ކެންޑިޑޭޓަށް ހެސްކިޔާފައި ބޮޑުކޮށް ވޯޓުއަޅައްޗޭ" ރިޒާ ވިދާޅުވިއެވެ.

ރިޒާ އިތުރަށް ވިދާޅުވީ މިއީ އެއްގޮތަކަށް ވެސް ބިންގާ އަޅާ ސަރުކާރެއް ނޫންކަމަށާއި ރައީސް ކުރައްވާ މަސައްކަތްފުޅުގައި ރައްޔިތުން ބޭނުންވާ ކޮލެޓީ ހުންނާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮތީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މި ޕްރައިމަރީގައި ރައީސް ޞާލިޙާ ވާދަ ކުރައްވަނީ، އެމަނިކުފާނުގެ މިތުރު، އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދެވެ.

  1. ޙިއުމަން ޓްރެފިކިން

    ދުނިޔޭގެ އެއްމެ ފަކީރު ގައުމުގެ އެއްމެ ފަކީރުންނަށް ދޮގު ހަދައި އުޖޫރަ ނުދީ ގަދަކަމުން މަސައްކަތް ކުރުވުމަކީ ހާދަ ކަތި ފިޔަވަޅެކޭ ދޯ!