Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ރައީސް ނަޝީދު ބޭނުންވަނީ ރާއްޖެ ސެކިއުލަރ ކުރަން، އެ ފުރުސަތެއް ނެތް: އިޔާޒު

ރައީސް ނަޝީދު ބޭނުންވަނީ ރާއްޖެ ސެކިއުލަރ ކުރަން، އެ ފުރުސަތެއް ނެތް: އިޔާޒު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭނުންވެވަޑައިގަންނަވަނީ ރާއްޖެ ސެކިއުލާ ގައުމަކަށް ހަދަން ކަމަށް ދީނީ ޢިލްމުވެރިޔާ، ޑރ.މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ. ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އަށް ނިސްބަތްވާ އިޔާޒު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ޓްވިޓަރގައި ރައީސް ނަޝީދަށް ތާއީދުކޮށް ޓްވީޓުތައް ކުރަމުން އަންނަ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓެއްގެ ރައްދުގައި އިޔާޒް ވިދާޅުވީ ރާއްޖެ އަކީ ޤާނޫނީ ގޮތުން 100 ޕަސެންޓް އިސްލާމީ ޤައުމެއް ކަމަށެވެ.
"މި ޤައުމުގެ ނަމަކީ ދިވެހިރާއްޖެ. މި ޤައުމުގެ ދީނަކީ އިސްލާމްދީން. ވީމާ ނަޝީދު ބޭނުންވާ ފަދަ ސެކިއުލަރ ޤައުމަކަށް އިންޝާالله މިތަނެއް ނުހެދޭނެ. الله ގެ ރަޙްމަތާ އެކު އެ ފުރުޞަތު ވެސް ލިބަޔަކަ ނުދޭނަން. ރުޅި އައިސްގެން މަރުވޭ."
ހަސަން ކުރުސީ ކުރި ޓްވީޓެއްގައި އިޔާޒާއި ޝެއިޚް އަލީ ޒައިދު ޓެގްކޮށް ލިޔެފައި އޮތީ މިއީ އަފްޣާނިސްތާނެއް ނޫން ކަމަށާއި، މިއީ ޒަމާނީ މުޖުތަމަޢުކަށް ބަދަލުވަމުންދާ ދިވެހި ރާއްޖެއެއް ކަމަށެވެ. އަދި އިޔާޒާއި ޒައިދު ބޭނުންވެލައްވާ ގޮތަކަށް މީހުންނެއް ނޫޅޭނެ ކަމަށާއި، ވަހުޝީކަމާ އެކީގައި ތާކިހާ އަޅާއިގެން ޓުވީޓް ކޮށްލަކޮށްލާ ތިބެން ޖެހޭނެ ކަމަށްވެސް ލިޔެފައިވެއެވެ. ޑރ.އިޔާޒަކީ ޓްވިޓަރގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުން އަންނަ ބޭފުޅެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް