ޚަބަރު ސިޔާސީ

ރައީސްގެ ކެމްޕެއިން: ފުވައްމުލަކަށް ފުރާވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފުވައްމުލަކަށް ފުރާ ވަޑައިގެންފިއެވެ.

Ads by STELCO

ރައީސްގެ ކެމްޕޭނު މި ދަތުރުފުޅުގައި ހުވަދުއަތޮޅަށްވެސް ވަޑައިގަންނަވާނެއެވެ.

ރައީސް ޞާލިޙު ކެމްޕޭނަށް ފުވައްމުލަކަށް ފުރާވަޑައިގެންފައިވާއިރު، މިދިޔަ ހަފްތާގައި ވަޑައިގެންނެވީ ގއ. ގދ. ށ އަދި ލ. އަތޮޅަށެވެ.

އެ އަތޮޅުތަކުގެ ރަށްތަކަށް ވަޑައިގެންނެވުމަށްފަހު މާލެ ވަޑައިގެން ރޭގައި މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަވައިފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު އޮންނާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!