Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ރައީސްގެ ކެމްޕެއިން: ހުވަދު އަތޮޅަށް ވަޑައިގެންފި

ރައީސްގެ ކެމްޕެއިން: ހުވަދު އަތޮޅަށް ވަޑައިގެންފި

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ހުވަދު އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް މިއަދު ގދ.ތިނަދޫއަށް ވަޑައިގެންނެވިއިރު، މިއީ މި ފަހަރުގެ ކެމްޕެއިނަށް ރައީސް ހުވަދު އަތޮޅަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ހުވަދޫ ކެމްޕޭންގައި ގދ. ތިނަދޫގެ އުތުރު އަދި ދެކުނު އެމްޑީޕީ މެމްބަރުންނާއި ރައީސް ޞާލިޙު ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ގއ. ވިލިނގިލީގައި ކެމްޕޭން ޖަލްސާއެއްވެސް ބާއްވާނެއެވެ.

Advertisement
Ooredoo — Square (box)

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި އެމްޑީޕީގެ އިސް ލީޑަރު، ރައީސް ޞާލިޙު ވަނީ ރ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ބ. އަތޮޅަށް ޒިޔާރަތް ކުރައްވައިފައެވެ. އޭގެ އިތުރުން ހދ. އަތޮޅާއި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަށްވެސްވެސް ދަތުރު ކުރެއްވިއެވެ.

މިމަހުގެ 28 ވަނަ ދުވަަހު ބާއްވާ ރިޔާސީ ޕްރައިމަރީގައި ރައީސްއާ ވާދަ ކުރައްވަވަނީ އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދެވެ. ދެ ބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނީ، އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް