Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތިނަދޫ ސިޓީއަކަށް ބަދަލު ކުރަނީ

ތިނަދޫ ސިޓީއަކަށް ބަދަލު ކުރަނީ

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ހާމަކުރައްވައިފިއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި ތިނަދޫގެ ކައުންސިލުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ސިޓީއެއް ވެސް ފޮނުވާފައި ވެއެވެ. ލާމަރުކަޒީ ޤާނޫނު ބުނާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބެނީ ރަށެއްގެ ރަޖިސްޓްރީގައި ވާ އެ ރަށުގެ އާބާދީ މަދުވެގެން 10،000 އިން މައްޗަށް އެރުމުންނެވެ.

މިދިޔަ އަހަރު ކައުންސިލުން، އެލްޖީއޭއަށް ލިޔެކިއުންތައް ފޮނުވުމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވަނީ ރަށުގެ ރަޖިސްޓްރޭޝަން އާބާދީ މަދު ނަމަވެސް ރަށުން ހިދުމަތް ހޯދާ މީހުންގެ އާބާދީ 12،000 އަށް އަރާކަމަށް ކައުންސިލާއި ހަވާލާދީ ވިދާޅުވެފައެވެ.

Advertisement
HDC — Sidebar (box)

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ކެމްޕެއިނުގެ ތެރެއިން ތިނަދުއަށް މިއަދު ވަޑައިގެން ރައީސް ޞާލިޙު ވިދާޅުވީ އާބާދީ ބޮޑެތި ސަރަހައްދުތަކަށް ޚާއްސަކޮށް ވެސް ސަރުކާރުން މަޝްރޫއުތައް ކުރިޔަށް ގެންދާ ކަމަށެވެ.

ތިނަދޫގެ ހައުސިންގެ މަޝްރޫއު ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެންމެ ފުރަތަމަ އިއުލާނު ކުރި 100 ހައުސިން ޔުނިޓުގެ މަޝްރޫއު 200 އަށް ބަދަލު ކުރީ ރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ރައްޔިތުންގެ އަދަދު ގިނަ ވުމުންކަމަށެވެ.

އެހެންކަމުން ހިއްކި ބިމުން ލަސްތަކެއް ނުވެ ގޯތު ދޫކުރުމަށްކައުންސިލުން އިއުލާނު ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް