Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކުރުމުން، ޖަލުގައި ބަންދު ކޮށްދޭން އެދިއްޖެ

ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކުރުމުން، ޖަލުގައި ބަންދު ކޮށްދޭން އެދިއްޖެ

ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށް، މުއްދަތު ޖަހަން ޖޯޓަށް ގެންދިޔަ މީހަކު ޖަލުގައި ބަންދުކޮށް ދޭން ކްރިމިނަލް ކޯޓްގައި އެދިއްޖެއެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ، ޖުވެނައިލް ކޯޓުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ އެތަނުން ވައްކަން ކުރި މައްސަލާގައެވެ.

އުމުރުން 31 އަހަރުގެ އެ މީހާ ކުށަށް ކޯޓްގައި އިޢުތިރާފުވެ، އެދިފައިވަނީ  ޖަލުގައި ބަންދުކޮށް ދިނުމަށެވެ.

Advertisement
Ooredoo — Square (box)

ކޯޓުން އޭނަގެ ބަންދަށް ޖަހައި ދިނީ 15 ދުވަހެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާކަން ޤަބޫލުކޮށް އޭނާ ވަނީ، ކުށްތަކަށް އަރައި ގަނެވެނީ އޭގެ ސަބަބުން ކަމަށާއި ޖަލުގައި ބަންދުކޮށްފި ނަމަ ޖަލުގައި ބަންދުގައި ހުރެ، މަސްތުވާތަކެތި ބޭނުންކުރުމާ ދުރުވެ އިސްލާހުވާާން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.

އޭނާ އަކީ ކުރިން އެކި މައްސަލަތަކުގައި 39 ފަހަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ.

އޭގެ ތެރެއިން 19 ފަހަރަކު ބަންދަށް މުއްދަތު ޖަހާފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް