ރޭ އިދިކޮޅުން ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް، އަނިޔާ ކުރި މައްސަލައެއް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ ރޭ އިދިކޮޅުން މާލޭގައި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރޭގެ މުޒާހަރާގެ ތެރެއިން 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މާލޭ ސިޓީގެ ކައުންސިލް މެމްބަރު އަހުމަދު އައިފާނު ހިމެނެެއެވެ.
މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ބައެއް މީހުންގެ މޫނާ ދިމާކޮށް ޕެޕާ ސްޕްރޭ ޖަހާފައެވެ. މިކަމާ ގުޅިގެން ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.




.jpeg?prefix=media)

ކޮމެންޓް