Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ލިސްޓުގައި ނަންނެތި ވޯޓުލީ މައްސަލަތަކެއްގައި ދެފޮއްޓެއްގެ ވޯޓުލުން ހުއްޓުވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ލިސްޓުގައި ނަންނެތި ވޯޓުލީ މައްސަލަތަކެއްގައި ދެފޮއްޓެއްގެ ވޯޓުލުން ހުއްޓުވައިފި

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގައި ލިސްޓުގައި ނެތް ބަޔަކު ވޯޓު ލުމުގެ ސަބަބުން ދެފޮއްޓެއްގެ ވޯޓުލުން ހުއްޓާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވިގޮތުގައި ގދ. ހޯނޑެއްދޫ ވޯޓްފޮއްޓައް ވޯޓާރސް ލިސްޓުގައި ނެތް މީހެއް، އޭނާގެ ގޭގެ އެހެން މީހެއްގެ ނަމުގައި ވަނީ ވޯޓު ލާފައެވެ. އަދި އޭނާ ވޯޓު ލުމުގެ ކުރިން ވޯޓު ކަރުދާސްކޮޅު ކައިރީގައި ހުރި މީހާއަށް ވަނީ ދައްކައކފައެވެ. ފިރުޝާން ވިދާޅުވީ މި މައްސަލައާއި ގުޅިގެން އެރަށުގައި މިހާރުވަނީ ވޯޓުލުން ހުއްޓުވާލައިފައި ކަމަށެވެ.

އަދި އެ މައްސަލަ ނުބަލައި، ވޯޓުލުން ކުރިއަށް ގެންދިޔުމަށް އެއްބާރުލުން ނުދޭން އެސަރަހައްދުގައި ތިބި ފަރާތްތަކުން ވަނީ ނިންމައިފައެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ވިލިގިލީ ފޮއްޓަށްވެސް ވޯޓާރސް ލިސްޓުގަައި ނެތް ދެމީހަކު ވޯޓުލީ މައްސަލައެއް ފެންމަތިވެފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އަދި މިމައްސަލައިގައި އެވޯޓު ފޮށި ކައިރި ތިބި ފަރާތްތަކުންވެސް ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި މި މައްސަލަ ހައްލުކުރުމަށްފަހު ނޫނީ އެންމެ ވޯޓެއްވެސް ނުލެވޭނެކަމަށް އެސަރަހައްދުގައި ތިބި ފަރާތްތަކުން ދަނީ ބުނަމުންނެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް