Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބޮޑު ތިން ސިޓީގެ މެޖޯރިޓީވެސް ރައީސްއަށް

ބޮޑު ތިން ސިޓީގެ މެޖޯރިޓީވެސް ރައީސްއަށް

އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެންމެ ބޮޑު ތިން ސިޓީގެ މެޖޯރިޓީ، އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހޯއްދަވައިފިއެވެ.

އިއްޔެ ބޭއްވި ޕްރައިމަރީ، ރައީސް ޞާލިޙު ކާމިޔާބު ކުރައްވައިފައިވަނީ 61 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 38.90 އިންސައްތަ ވޯޓެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 61.10 އިންސައްތަ ވޯޓެވެ.

Advertisement
Allied Insurance — Square (box)

މި އިންތިޚާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 71 އިންސައްތައެވެ.

އިއްޔެގެ އިންތިޚާބުގައި މާލެ، ފުވައްމުލައް، އަދި އައްޑޫ ސިޓީންވެސް މެޖޯރިޓީ ނެންގެވީ ރައީސްއެވެ. ރައީސް ނަޝީދަށް ހަމައެކަނި ލިބިވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއެވެ. މާލެއިން ރައީސްއަށް 1،719 ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސް ނަޝީދަށް ލިބިވަޑައިގަތީ 1602 ވޯޓެވެ.

އައްޑޫން ރައީސްއަށް 2،461 ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސް ނަޝީދަށް ލިބިވަޑައިގަތީ 2،147 ވޯޓެވެ. ފުވައްމުލައް ސިޓީން ރައީސްއަށް 773 ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވަނީ 699 ވޯޓެވެ.

ރިޔާސީ ޕްރައިމަރީ ރައީސް ކާމިޔާބު ކުރެއްވި އިރު ނަޝީދުގެ ފަޅިން ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާފައެވެ.

އެގޮތުން ނަޝީދުގެ ކެމްޕޭން އެޖެންޓް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ ނަތީޖާ ޝީޓުތައް ބަލަމުންދާ ކަމަށާއި ގިނަ ފޮށިތަކުގެ ނަތީޖާގައި ނަޝީދު އުޅުއްވަނީ ކުރީގައި ކަމަށެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް