ޚަބަރު

އައްޑޫ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ ސިޓީ ކައުންސިލުން 30 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

Ads by Hajj Corporation

އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ރުއްޖެހެރެ ސަރަޙައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ، އެ ސަރަޙައްދުގައި ފެންގަނޑެއް ކޮނުމާއި، އަދި ގޮނޑުދޮށަށް ވެލި އެޅުމާގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން އެ އެޖެންސީން މައްސަލަ ބަލާފައިވާ ކަމަށެވެ.

އެގޮތުން ޤަވާއިދާ ޚިލާފަށް އައްޑޫ ރުއްޖެހެރެ ސަރަޙައްދުގެ 17818.09 އަކަ މީޓަރުގެ ސަރަޙައްދަކުން ބިން ސާފުކޮށްފައިވާކަމަށާއި، އެ ސަރަޙައްދުން 1712.26 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ދެނެގަނެވިފައިވާ ކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

އެހެންކަމުން އައްޑޫސިޓީ  ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން އެކު ޖުމްލަ 30,897,955.00 ދިވެހި ރުފިޔާ އިން އައްޑޫސިޓީ ކައުންސިލް އިދާރާ ޖޫރިމަނާ ކުރެވިފައިވާ ކަމާއި، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ، އެ އެޖެންސީއަށް ދެއްކުމަށް 30 ޖެނުއަރީ 2023 ގައި އައްޑޫސިޓީ ކައުންސިލް އިދާރާ އަށް ދެންނެވިފައިވާނެ ކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!