Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޑިއާއިން ދިވެއްސަކު ގެއްލިގެން ހޯދަނީ

އިންޑިއާއިން ދިވެއްސަކު ގެއްލިގެން ހޯދަނީ

އިންޑިއާއިން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ އުމުރުން 35 އަހަރުގެ ކ. ތުލުސްދޫ, މުޙައްމަދު މަހުދީއެވެ.

"ދެން" އަށް މަޢުލޫމާތު ދެމުން އޭނާގެ އާއިލާއިން ބުނީ އެންމެ ފަހުން މަހުދީ ފެނިފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރު ކަމަށެވެ. އަދި އިންޑިއާއަށް ދިޔައީ ބައްޕަ އާއި ބޭބެއަކާ އެކީ ޑޮކްޓަރައް ދައްކަން ކަމަށާއި ހެނދުނު ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ދިޔަ ކަމަށް އާއިލާއިން ބުންޏެވެ.

Advertisement
Ooredoo — Square (box)

"ޑޮކްޓަރަށް ދައްކަން ދިޔައީ. ހޮސްޕިޓަލުން ނިކުމެގެން ދިޔައީ ޑޮކްޓަރާ ދިމާލަށް ކޮންމެވެސް ކަމެއްގަ ހަޅޭލަވާފަ. އެދިޔަ ގޮތައް ދެން ނުފެނޭ" އާއިލާއިން މަޢުލޫމާތު ދިނެވެ.

މީގެ އިތުރުން މަހުދީ އަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށާއި އޭނާ އަކީ ބައިޕޯލަރ ޑިސްއޯޑާއަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށް އާއިލާއިން ބުންޏެވެ.

މަހުދީއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ 7971667 ނުވަތަ 7889180 އަށް ގުޅައި ހިއްސާކުރެއްވުމަށް އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް