ޚަބަރު ސިޔާސީ

އިމްރާނަށް އަބްދުއްރަޙީމްގެ ރައްދު: އަސްލު ދައްކާލާނަން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީގެ އަސްލު ދައްކައިލާނެ ކަަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާނަށް ޕީއެންސީގެ ރައީސް އަބްދުއްރަަހީމް ހޫނު ރައްދެއް ދެއްވައިފިއެވެ.

އަބްދުއްރަޙީމް އިމްރާނަށް ރައްދު ދެއްވީ، އިދިކޮޅުން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި "ދުއްޕާން"ގެ ނަމުގައި ބޭއްވި ބޮޑު ޖަލްސާގައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވި އިމްރާން ވަނީ، ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުގެ އަސްލު މަޤްސަދަކީ ރައީސް ޔާމީން މިނިވަން ކުރުން ނޫން ކަމަށް ވިދާޅުވެފައެވެ.

އިމްރާނަށް ދެއްވި ރައްދުގައި އަބްދުއްރަޙީމް ވިދާޅުވީ އިމްރާނަށް މި ފަހަރު އަސްލު ދައްކާނެ ކަމަށެވެ. އަދި މިނިސްޓަރު އެހެން ވިދާޅުވީ، އިދިކޮޅުން އިއްޔެ ބޭއްވި "ބުންވަރު" ހިނގާލުން ހަޖަމު ނުވެގެން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަސްލު ދައްކާ ނިމޭއިރު، އިމްރާން އޮންނާނީ ގޮޅީގައި ކަންނޭނގެ. ޤައުމަށް ޣައްދާރުވީމަ، ޤައުމަށް ޚިޔާނާތްތެރިވީމަ، މި ޤައުމަށް ޚިޔާނާތްތެރިވީމަ، މި ޤައުމުގެ ރައްޔިތުންނަށް ހަރާންކޯރު ވީމަ، ޤާނޫނުތައް ފުނޑާލީމަ."

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މިސަރުކާރަކީ އާދައިގެ "ދުއްޕާނެއް" ނޫން ކަަމަށާއި، މިކަމުން ސަލާމަތްވުމަށް ދިވެހި ރައްޔިތުން އެއް އަޑު ކިޔާފައި ނުކުންނަންޖެހޭ ކަމަށެވެ. އަދި މިކަމުން ސަލާމަތްވުމަކީ ޕޯޑިއަމްގައި ވާހަކަ ދައްކައިގެން ވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"މިނިވަންކަމަށް އޮތް ދުއްޕާނެއް މިއީ، ދީނަށް ކުރިމަތިވެފައި އޮތް ދުއްޕާނެއް މިއީ. މި ދުއްޕާނުން ސަލާމަތް ވެވޭނެ ހަމައެކަނި މަގަކީ ރައީސް ޔާމީން ވެރިކަމަށް ގެނައުން. މިކަން ކުރަން އެބަޖެހޭ."

އަބްދުއްރަޙީމް އިތުރަށް ވިދާޅުވީ އިދިކޮޅުގެ "ހޯޕް ކޮންފަރެންސް" ސަރުކާރަށް ހަޖަމެއް ނުވި ކަމަށާއި، ހަޖަމު ނުވިޔަސް އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ދާނީ ކުރިއަށް ކަމަށެވެ. އެއީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" މި ފެށި މަސައްކަތް ނިންމާނީ، ރައީސް ޔާމީން ވެރިކަމުގެ ގޮނޑީގައި ބައިންދާފަ، އިރާދަކުރެއްވިއްޔާ."

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް ހައްޤު ވަނީ އުތީމު މަހާރަދުންގެ ލަޤަބު ކަމަށާއި، އެ މަނިކުފާނާ ނުކުޅެވޭނެ ކަމަށެވެ. އަދި އެ މަނިކުފާނަށް އަނިޔާ ކުރުމަކީ ދިވެހި ޤައުމުގެ މުސްތަޤްބަލާ ކުޅުން ކަމަށާއި، މިކަންކަން ކުރާއިރު، ރައްޔިތުން ބަލަން ނުތިބޭނެ ކަމަށެވެ.

Ads by Allied Insurance
  1. ބިރުބޮޑު

    2018 ގައިވެސް އަބްދުއްރަހީމް މެންދެއްކި ހިސާބު މަންޒަރުތަށްވެސް ދިއައީ ތޮއްޑުދޮުން އާރާ ބާރާއިއެކު ތިޔައީ އާކެއްނޫން ހަމަޖަމަލު ފޮޑިއެއް ވަރަށް ވަރަށްސާފް

  2. ޒިޔާދު

    ރައީސް ޔާމީން 2023 ވެރިކަމަށް ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އިންޝާﷲ ކުރާނަން

    • ބީތާ

      2018 ގަވެސް މި ބައިގަނޑު ހީވީ ޖަލްސާގެ ބޯގިނަކުރަން އިންސީންނާ ޖިންނީންނާ ޖަނަވާރުތަކާ ކަނޑު މަސްމަހާމެހިވެސް ޖަމާކުރަން އުޅުނުހެން…އެކަމަކު ދިޔައީ ހަމަ ޗޮކުން…

  3. އަސްލު

    އަސްލު އެއޮތީ ޖަލުގަ! މިހާރު ތިޔަބޭޅުންނަށް އަދުރޭ އެ ދައްކާލަނީ އެމީހުންގެ އަސްލު! މުލިވަގު ޖަލަށްލާފަ ހުރިހާލާރިގަނޑު އެމީހުން ބަހައިގެން ކަނީ..