Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ރައީސްގެ މޫނަށް ކުޅު ޖަހާ މީހަކަށް އިނާމު ހުށަހެޅި މައްސަލައިގައި މުސްތަފާ ފުލުހަށް ހާޒިރު ކުރަނީ

ރައީސްގެ މޫނަށް ކުޅު ޖަހާ މީހަކަށް އިނާމު ހުށަހެޅި މައްސަލައިގައި މުސްތަފާ ފުލުހަށް ހާޒިރު ކުރަނީ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މޫނަށް ކުޅު ޖެހި މީހަކަށް ބޮޑު ފައިސާގެ އިނާމެއް ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ  ތިމަރަފުށި ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި މައްސަލައިގައި އޭނާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރު ވުމަށް އަންގައިފައިވަނީ މިރޭ 9:45އަށް ކަމަށެވެ.

މުސްތަފާގެ ޓްވިޓަރ އެކައުންޓުން އިއްޔެ ކުރެއްވި ޓްވިޓެއްގައި ވަނީ ރައީސްގެ މޫނަށް ކުޅުޖެހި މީހަކަށް 50000 ރުފިޔާގެ އިނާމެއް ދޭނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ވިދާޅުވެފައިވަނީ ރައީސްގެ މޫނަށް ކުޅުޖަހާ މީހަކަށް 50000 ރުފިޔާ ދޭނެކަމަށް ބުނެ މުސްތަފާ ކުރި ޓްވިޓްގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.

ރައީސްގެ މޫނަށް ކުޅުޖަހާ މީހަކަށް 50000 ރުފިޔާ ދޭނެކަމަށް ބުނެ މުސްތަފާ ކުރި ޓްވިޓްގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް