ޚަބަރު ސިޔާސީ

އިޔާޒުގެ ސުވާލެއް:ރިޔާސީ ބަޔާނަށް ހުރަސްއެޅުމަކީ ނާކާމިޔާބު އިވެންޓެއް ކަމަށް ބަލައި މިކަން ހުއްޓާލާކަށް ނުވޭތޯ؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރިޔާސީ ބަޔާން އިއްވަން ހުރަސް އަޅާތާ 12 އަހަރުވެފައިވާކަމަށާއި މިއީ ނާކާމިޔާބު އިވެންޓެއް ކަމަށް ބަލައި މިކަން ހުއްޓާލާކަށް ނުވޭތޯ އައްސަވައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ސުވާލު އުފައްދަވައިފިއެވެ. 

Ads by Hajj Corporation

2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބާއްވާ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު އިދިކޮޅު މެމްބަރުން މަޖިލީސް ތެރޭގައި އަޑުގަދަ ކޮށް ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށް ވަނީ ގޮވާލައިފައެވެ. އެހެންނަމަވެސް އިރުކޮޅަކަށް ޖަލްސާ މެދުކަނޑާލެއްވުމަށްފަހު އެމެމްބަރުން ބޭރަށް ނެރުމަށްފަހު ރައީސްވަނީ ފަސޭހަކަމަކާއި އެކު ރިޔާސީ ބަޔާން އިއްވާފައެވެ.

"މިގޮތަށް ރިޔާސީ ބަޔާން އިއްވަން ހުރަސް އަޅާތާ 12 އަހަރުވީ. ލިބުނު ކާމިޔާބެއްނެތް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢިއްޒަތާއި އަބުރު ގެއްލުން ފިޔަވާ އެހެންކަމެއް ނުވޭ. ވީމާ، މިއީ ނާކާމިޔާބު އިވެންޓެއް ކަމަށް ބަލައި މިކަން ހުއްޓާލާކަށް ނުވޭތޯ؟" އިދިކޮޅު ޕީޕީއެމް ޓެގުކުރައްވާ ޑރ. އިޔާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅައި ރިޔާސީ ބަޔާން އިއްވާ ދުވަހު މަޖިލިސް ތަޅުމުގައި އަޑުގަދަކޮށް ދުއްމާރި ފުމުމާއި މުޒާހަރާކުރުމަށް ފުރަތަމަ ފަށާފައިވަނީ އެމްޑީޕީ ވެރިކަން ވައްޓާލައި އޭރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އެމްޑީޕީ މެމްބަރުންނެވެ.

  1. އެބަޔަކު ފެށި ކަމެއް އެބަޔަކާއިވެސް ލައްވާނެތާ ! ތިޔަކަމެއް ތިޔަތާ ތެރޭގައި ފަށާދިނީ އެންޑީޕީ !

  2. އިއްބެ

    އެއީޖާހިލުންގެކަމެއްނާތަހުޒީބުއސމަލރއް

  3. ދޮންއާދަމްބޭ.

    އެއަށްވުރެކުރިން،ޑިމޮކްރަސީ އާއި،ސިޔާސީ ޕާޓީ އުވާލައިގެން ތިކަން ހުއްޓާލެވޭނީ!ދުވަހަކުވެސް މައިނޯރިޓީގެ ވަސްވެސް ނުދެކޭ ޕާޓީއެއްގެ ބޭކަލެއް ތިޔައީ..