Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ޖަލްސާއިން މެމްބަރުން ނެރުނީ ސިފައިން ނޫންކަމަށް ބުނެފި

ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ޖަލްސާއިން މެމްބަރުން ނެރުނީ ސިފައިން ނޫންކަމަށް ބުނެފި
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާގައި އަޑުގަދަ ކުރި މެމްބަރުން ނެރުމަށް އަންހެން އޮފިޝަލުން ފޮނުވި މައްސަލައިގައި ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް މެމްބަރުން ނެރުމަށް ހަރަކާތް ތެރިވީ އަންހެން އޮފިޝަލުންނަކީ ސިފައިން ނޫންކަމަށް ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިއްޔެގެ ޖަލްސާގައި ޗެމްބަރުގެ ތެރޭގައި ސެކިއުރިޓީ ބަލަހައްޓަން ހަރަކާތްތެރިވީ ގައުމީ ދިފާއީ ބާރުން ނޫން ކަމަށެވެ.

"އެކަމުގައި ހަރަކާތްތެރިވީ މަޖިލީހުގެ ސެކިއުރިޓީންނެވެ. އަދި މި ކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ދިފާއީ ބާރުގައި އެދިފައި ނުވާ ކަމުގައި ވެސް ދަންނަވަމެވެ،" އެމްއެންޑީއެފްގެ މެސެޖުގައި ބުންޏެވެ.

މަޖިލީހިިގެ ސެކިއުރިޓީ ކަންކަން ބަލަަހައްޓަމުން އަންނަނީ މަޖިލީހުގެ ސާޖެންޓް އޮފް އާމްސްގެ ދަށުން ހަރަކާތްތެރިވާ ޓީމަކުންނެވެ. އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅި މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށް އަންހެން އޮފިޝަލުން ފޮނުވުމުން އާއްމުންގެ ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަޑުގަދަކޮށް ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވި 5 މެމްބަރުންގެ ނަން އިއްވައި ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް