ޚަބަރު އިޖުތިމާޢީ

މިސްކިތަށް ދިޔަ ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މައްޗަންގޯޅީގައި ހުރި މިސްކިތަކަށް ދިޔަ އުމުރުން 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

އޭނާގެ ހިފަހައްޓާފައިވަނީ 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގުނަވަން ދައްކައިގެން ހުއްޓާ މިސްކިތައް ދިޔަ އެހެން ކުއްޖަކަށް އެމަންޒަރު ފެނިގެން އެކަން މިސްކިތުގައި ތިބި މީހުންގެ ސަމާލުކަމަށް ގެނައުމުންނެވެ. މިއާއެކު އެސަހަރައްދުގައި ތިބި މީހުންވަނީ އެ ބިދޭސީ މީހާ ހިފަހައްޓާފައެވެ.

"މައްޗަންގޯޅީގައި ހުރި މިސްކިތަކަށް ދިޔަ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެނެސްފައިވޭ" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން އެއިދާރާއިން ބަލަމުންގެންދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!