Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބިންހެލުމުގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީވުމަށް ޑރ. މުހައްމަދު އަލީ ތުރުކީއަށް

ބިންހެލުމުގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީވުމަށް ޑރ. މުހައްމަދު އަލީ ތުރުކީއަށް

ތުރުކީއާއި ދެކުނު ސޫރިޔާގެ އުތުރުގެ ސަރަޙައްދަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ތުރުކީއަށް ފުރައިފިއެވެ.

ފުރުމުގެ ކުރިން އެއާޕޯޓުގައި ނަގާފައިވާ ވީޑިއޯއެއްގައި ޑރ މުހައްމަދު އަލީ ވިދާޅުވީ ތުރުކީއަށް ދިޔުމަށް ނިންމާފައިވަނީ އެތަނުގެ ހާލަތު ދެނެގަތުމަށާއި އަދި ކިތަންމެ ކުޑަ ނަމަވެސް އެހީއެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

“ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައި ވިޔަސް، އަޅުގަނޑުމެންނަކީ ހާލުގައިޖެހިފައި ތިބި ބަޔަކަށް އެހީވުމުގައި އެންމެ ކުރީ ސަފުގައި ތިބޭ ބައެއް” ޑރ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ތުރުކީ އާއި ސީރިއާއަށް ދާދި ފަހުން އައި ބިންހެލުމަކީ ފަހުގެ ތާރީޙެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާއެވެ. 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމާ އެކު އެތައް ފަހަރެއްގެ މަތިން އާފްޓާ ޝޮކްތަކެއް އައިސްފައިވެއެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން ތުރުކީގެ މެދުތެރެއަށް ރިކްޓަރ މިންގަނޑުން 7.5 ގެ ބާރުމިނުގައި އައި ދެވަނަ ބޮޑު ބިންހެލުމާ އެކު، މީހުންގެ މެދުގައި ވަނީ އިތުރު ބިރުވެރިކަމެެއް އުފެދިފައެވެ. ރޭގެ ވަގުތެއްގައި އެ ސަރަހައްދަށް 6.0 މެގްނިޓިއުޑްގެ އިތުރު ބިންހެލުމެއް އައިސް އިތުރު ގެއްލުންތަކަކާއެކު އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް