މެދުއިރުމަތި ދުނިޔެ

ބާރުގަދަ ބިންހެލުމަށްފަހު މިހާތަނަށް 100 އަށް ވުރެ ގިނަ ބާރުގަދަ އާފްޓަޝޮކް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 6 ވަނަ ދުވަހު ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުންތަކަށްފަހު މިހާތަނަށް 100 އަށް ވުރެ ގިނަ ބާރުގަދަ އާފްޓާ ޝޮކް އައިސްފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by Sosun Fihaara

ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުން ފެށިގެން ތުރުކީވިލާތަށް ވަނީ 4 މެގްނިޓިއުޑް އަދި އެއަށްވުރެ ބާރުގަދަ 100 އަށްވުރެ ގިނަ އާފްޓާޝޮކް އައިސްފައެވެ. އާފްޓާޝޮކްތަކަކީ ބޮޑު ބިންހެލުމަކަށް ފަހު ބިންހެލުން އަންނަ ސަރަހައްދަކަށް އަންނަ ކުދި ބިންހެލުންތަކެވެ.

މިގޮތުން ތުރުކީގެ އިރުދެކުނުން ހޯމަ ދުވަހުން ފެށިގެން 4 މެގްނިޓިއުޑްގެ ބިންހެލުމާއި 81 މެގްނިޓިއުޑްގެ 5 މެގްނިޓިއުޑްގެ 20 ބިންހެލުމާއި 6 މެގްނިޓިއުޑްގެ 3 ތިން ބިންހެލުމާއި 7 މެގްނިޓިއުޑްގެ ދެ ބިންހެލުމެއް ވަނީ ރެކޯޑްކޮށްފައެވެ.

ތުރުކީވިލާތައް އައި ބާރުގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 21000 އަށް އަރާފައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. މީގެ ތެރެއިން 17674 މީހުން މަރުވެފައި ވަނީ ތުރުކީވިލާތުންނެވެ. ސީރިއާ އިން މަރުވި މީހުންގެ އަދަދު 3377 އަށް އަރައެވެ. އަދިވެސް ބިންހެލުމުގައި ސުންނާފަތިވި ގިނަ އިމާރާތްތައް ދަށުގައި އެތައް ބަޔަކު މަރުވެފައި ތިބޭނެ ކަމަށް ލަފާ ކުރެވެއެވެ. ދިރިތިއްބާ މީހުން ފެނުމުގެ ފުރުސަތު ވެސް އަންނަނީ މިހާރު ކުޑަވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!