ތުރުކީ ބިންހެލުން: ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރާއްޖެއިން މަސްދަޅު ފޮނުވަނީ

ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރާއްޖެ އިން މަސްދަޅު ފޮނުވުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ތުރުކީ އަދި ސީރިޔާގެ ވެރިންނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ތައުޒިޔާ ފޮނުއްވާފައިވާ ކަމަށެވެ.
އަދި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ތުރުކީ އަދި ސީރިޔާ އަށް ޖުމްލަ 1 މިލިއަން މަސްދަޅު ފޮނުވުމަށް ރައީސް ނިންމަވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް ދާދި ފަހުން އައި ބިންހެލުމަކީ ފަހުގެ ތާރީޙެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާއެވެ. 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމާ އެކު އެތައް ފަހަރެއްގެ މަތިން އާފްޓާ ޝޮކްތަކެއް އައިސްފައިވެއެވެ.
ތުރުކީން މަރުވެފައިވާ މީހުންގެ ޢަދަދު 18,000 އަށްވުރެ ގިނައެެވެ. ސީރިޔާގައި މަރުވި މީހުންގެ ޢަދަދު ވަނީ 4،000 އަށްވުރެ އިތުރުވެފައެވެ.






ކޮމެންޓް