މެދުއިރުމަތި ދުނިޔެ

ތުރުކީ ސީރިއާ ބިންހެލުން: ހަތަރު ދުވަސް ފަހުން އުމުރުން 10 ދުވަސްވީ ކުއްޖަކު ސަލާމަތް ކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތުރުކީއަށް ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ފުރަތަމަ ހާދިސާ ހިނގިތާ ގާތްގަނޑަކަށް 90 ގަޑިއިރު ފަހުން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އުމުރުން 10 ދުވަހުގެ ތުއްތު ކުއްޖަކާއި އެކުއްޖާގެ މަންމަ ސަލާމަތް ކޮށްފިއެވެ.

Ads by Sosun Fihaara

ޔާގިޒް ނަމަކަށް ކިޔާ އުމުރުން 10 ދުވަހުގެ އެ ކުއްޖާ ހޯދީ ދެކުނު ހަޓޭ ޕްރޮވިންސްގެ ހަލާކުވެފައިވާ އިމާރާތަކުންނެވެ. ދައުރުވަމުން އަންނަ ފުޓޭޖުން ފެންނަ ގޮތުގައި އިމާރާތްތަކުގެ ދަށުން އެކުއްޖާ ސަލާމަތްކޮށްފައިވަނީ ވަރަށް ފަރުވާތެރިކަމާއެކު ބޭރަށް ނެރެގެން ގެންދާތަން ފެނެއެވެ. މިއީ އެގައުމުގެ މީޑިއާތަކުން ސިފަކުރާ ގޮތުގައި އަޖައިބެއް ފަދަ މަންޒަރެކެވެ.

އަލަށް އުފަންވި ޔާގިޒް އެމްބިއުލާންސަށް ލައިގެން ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ތާމަލް ބްލޭންކެޓެއްގައި އޮޅާލައިގެންނެވެ. އަދި އޭނާގެ މަންމަ ސްޓްރެޗަރެއްގައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ބިންހެލުމުގެ މި ކާރިސާއަށް ހަތަރު ދުވަސް ފަހުން ފިނިގަދަ މޫސުމުގެ ތެރޭގައި ތުއްތު ކުއްޖަކު ސަލާމަތްކޮށްފައިވާއިރު އިތުރު އެތައް ބަޔަކު ހޯދުމުގެ އުއްމީދު ދަނީ ކުޑަވަމުންނެވެ. ބާރުގަދަ މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 22000 ފަހަނައަޅައި ގޮސްފައެވެ.

 

Ads by Ooredoo
  1. ���

    އަލްހަމްދުލިﷲ، ކީރިތިވަންތަ ﷲގެ ކުޅަދުންވަންތަކަން. ވިސްނާ ފިކުރުކުރާ ބަޔަކަށްހުރި ޢިބުރަތެއް