5 ދުވަސް ފަހުން އިމާރާތްތަކުގެ ދަށުން 2 މަހުގެ ތުއްތު ކުއްޖަކު ސަލާމަތްކޮށްފި

ތުރުކީއާއި ދެކުނު ސީރިޔާގެ އުތުރުގެ ސަރަޙައްދަށް ބިންހެލުން އައިތާ 5 ދުވަސް ފަހުން 2 މަހުގެ ތުއްތު ކުއްޖަކު ސަލާމަަތްކޮށްފިއެވެ.
ތުރުކީގެ ހަޓޭ ސަރަހައްދުގެ ކުނިތަކުގެ ދަށުން އެ ކުއްޖާ ސަލާމަތްކޮށްފައިވަނީ ބިންހެލުން އައިތާ ގާތްގަނޑަކަށް 128 ގަޑިއިރު ފަހުންނެވެ.
ބިންހެލުން އައިތާ ފަސް ދުވަސް ފަހުން ސަލާމަތްކުރި މީހުންގެ ތެރޭގައި އެ ކުއްޖާގެ އިތުރުން ދެ އަހަރުގެ އަންހެން ކުއްޖަކާއި ހަ މަހުގެ މާބަނޑު އަންހެނަކާއި 70 އަހަރުގެ އަންހެނަކު ހިމެނޭ ކަމަށް ތުރުކީގެ މީޑިއާތަކުން ބުނެއެވެ.
ތުރުކީ އާއި ސީރިއާގެ އެކި ސަރަހައްދުތަކަށް މީގެ 6 ދުވަސް ކުރިން އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމަކީ ދުނިޔޭގައި ހަތްވަނަ އަށް ހިނގި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާއެވެ.
ތުރުކީއާއި ސީރިޔާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުންތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 28000 އިން މައްޗަށް އަރާފައެވެ. އަދި އެތައްބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.