2021 ވަނަ އަހަރުގެ އެންމެ ރަނގަޅު ކައުންސިލްތައް ހޮވައި އެވޯޑް ދީފި

މިދިޔަ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާތަކަށް ބަލައި އެންމެ ރަނގަޅު ކައުންސިލްތައް ހޮވައިފިއެވެ.
2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް ލިބުނު ފަރާތްތައް އެލްޖީއޭއިން މިއަދު ވަނީ އިޢުލާންކޮށްފައިވާއިރު އެންމެ މަތީ މާކްސް ހޯދާފައިވަނީ ށ. އަތޮޅު ކައުންސިލާއި އއ. ބޮޑުފޮޅަދޫ ކައުންސިލަށެވެ.
އަތޮޅު ކައުންސިލުތަކުގެ ތެރެއިން އެންމެ ރަނގަޅު ނުވަތަ ގަދަހަމާންތި ދަރަޖަ ހޯދާފަައިވަނީ މިލަދުން މަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް، ނިލެންދި އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އަދި ހައްދުއްމަތީ އަތޮޅު ކައުންސިލެވެ.
ރަށު ކައުންސިލުތަކުގެ ތެރެއިން އެންމެ ރަނގަޅު ކައުންސިލު ނުވަތަ ރަނަހަމާންތި ދަރަޖަ ހޯދާފައިވަނީ އއ. ބޮޑުފޮޅަދޫ ކައުންސިލް، ބ. ފެހެންދޫ ކައުންސިލް އަދި ހއ. ތުރާކުނު ކައުންސިލެވެ.
ކައުންސިލުތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް، ކައުންސިލުތަކުގެ ރޭންކިންގ ކަނޑައެޅުމަށްޓަކައި، ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ ނަމުގައި އިންޑެކްސްއެއް އިފްތިތާޙުކޮށްފައިވަނީ 2015 ވަނަ އަހަރުގެތެރޭގައެވެ.







ކޮމެންޓް