ދުނިޔެ

ދަރިފުޅުގެ ދުޢާ އިޖާބަ ކުރައްވައިފި، 64 އަހަރުގެ މަންމަ ހޯދައިފި!

ރައުފާ ރަޝީދު ، ދެން އޮންލައިން

ތުރުކީ އަދި ސީރިޔާއަށް 7.8 އަދި 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިތާ ހްފުތާއެއް ވެފައިވާއިރު، އިމާރާތްތަކުގެ ދަށުން އަންހެނެއް ސަލާމަތްކޮށްފިއެވެ.

Ads by WAMCO

ތުރުކީގެ ހަޓޭގައި އުމުރުން 64 އަހަރުގެ މަންމައެއް ސަލާމަތްކޮށްފައިވަނީ 150 ގަޑިއިރު ވަންދެން އިމާރާތްތަކެއްގެ ކުނިތަކެއްގެ ދަށުގައި ތާށިވެފައި އޮތުމަށްފަހު ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

މަންމަ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ދަރިފުޅު ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އޭނާ ދިޔައީ މަންމަ ސަލާމަތްކޮށްދިމަށް އެދި ދުޢާ ކުރަމުންނެވެ.  މާތް اللهގެ އިރާދަފުޅުން އިމާރާތްތަކުގެ ދަށުން މަންމަ ވަނީ  ސަލާމަތްކޮށްފައެވެ.

އެ އަންހެން މީހާގެ އިތުރުން ތުރުކީގެ އަދްޔާމަން ޕްރޮވިންސްގައި 178 ގަޑިއިރު ވަންދެން އިމާރާތެއްގެ ކުނިތަކެއްގެ ދަށުގައި އޮތުމަށްފަހު މިރޭ ނަމަކަށް ކިޔާ ހަތަރު އަހަރުގެ އަންހެން ކުއްޖަކު ވަނީ ސަލާމަތްކޮށްފައެވެ. މީގެ އިތުރުން ތުރުކީގެ ދެކުނުގެ ހަޓޭ ޕްރޮވިންސްގެ އިމާރާތެއްގެ ދަށުގައި ތާށިވިތާ 175 ގަޑިއިރު ފަހުން ނާއިދު އުމަރު ނަމަކަށް ކިޔާ އަންހެނަކުވެސް ވަނީ ސަލާމަތްކޮށްފައެވެ.

ތުރުކީ އާއި ސީރިއާގެ އެކި ސަރަހައްދުތަކަށް މީގެ 6 ދުވަސް ކުރިން އައި ބިންހެލުމަކީ ދުނިޔޭގައި ހަތްވަނަ އަށް ހިނގި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާއެވެ.

ތުރުކީއާއި ސީރިޔާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުންތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 34،178 އިން މައްޗަށް އަރާފައެވެ. އަދި އެތައްބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!