މިސްކިތްތަކުގައި ނޭދެވޭ ޢަމަލުތައް ހިންގުން މަދު ކުރީ ސިޓީ ކައުންސިލްގެ މަސައްކަތުން: މުއިއްޒު
![](https://dhen.mv/wp-content/uploads/2023/02/l_2021_09_18_011455_v1bkyqen29fts6jdoizg3hcw7mur4pa58lx_EN_-850x548.jpg)
މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނޭދެވޭ ޢަމަލުތައް ހިންގުން މަދުކުރީ މާލެ ސިޓީ ކައުންސިލުގެ މަސައްކަތުން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތެކެތި ބޭނުންކުރުން ފަދަ މައްސަލަތަކުގެ ރިޕޯޓު މިހާރު ނުލިބޭނެ ކަމަށާއި އެފަދަ މައްސަލަތައް މަދުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވުމާ ގުޅިގެންނެވެ.
މިނިސްޓަރުގެ ވާހަކަފުޅާ ގުޅިގެން މީޑިއާއަށް ފޮނުއްވި މެސެޖެއްގައި މުއިއްޒު ވިދާޅުވީ މިފަދަ މައްސަލަތައް މަދުވީ ސިޓީ ކައުންސިލުން މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު މޮނިޓާކުރަމުންދާތީ ކަމަށެވެ.
މީގެ އިތުރުން އެފަދަ މައްސަލައެއްގެ ރިޕޯޓެއް ލިބިއްޖެނަމަ، ސިޓީ ކައުންސިލުން ވަގުތުން ފިޔަވަޅު އަޅަމުންދާ ކަންވެސް މުއިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.
"މައްސަލަތައް މަދުވެފައި ވަނީ ސިޓީ ކައުންސިލްގެ ސީސީޓީވީ މޮނިޓަރިން އަދި އެހެން ގޮތަކުންވެސް މިފަދަ ރިޕޯޓެއް ކުރެވިއްޖެ ނަމަ، ސިޓީ ކައުންސިލުގެ ޕޮލިސް ކޮންސްޓަބިއުލަރީގެ ފަރާތުން އެޓެންޑުވެ، އެ މައްސަލަ ހައްލުކުރާތީ،" މުއިއްޒު ވިދާޅުވިއެވެ.
ސީސީޓީވީ ކެމަރާ ބޭނުންކޮށްގެން މާލޭގެ މިސްކިތްތައް ބަލަހައްޓަން، ސިޓީ ކައުންސިލުގެ ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވެއެވެ.
އާދެ މިދުނިޔެ ހިނގަނީވެސް ކައުންސިލުގެ މަސައްކަތުންނެވެ. ވެރިކަމަށް ފައިނަގަން ތައްޔާރުވެ ހުންނާށެވެ.