Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސަމަދުގެ މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފި

ސަމަދުގެ މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފި
ޕީޕީއެމްގެ ހުޅުމާލޭ ގޮފީގެ ރައީސް އަބްދުއްސަމަދު އިންޑިއާގައި އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފިއެވެ. ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު (ސަމަދުބެ) ބޭސް ފަރުވާއަށް ޢާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ގޮސް ހުއްޓާ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓުކޮށްލި މައްސަލައިގައި ނައިފަރު މެމްބަރު ޝިޔާމްއަށް މަޖިލީހަށް ހުށައަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ އަދި ރާއްޖެއިން ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނޫ އަސާސީން ކަށަވަރުކޮށްދޭ ޙައްގެއް ބޭނުން ހިފާފައިވާ ގޮތަކާ ގުޅިގެން ތައައްސުފީ ގޮތެއްގައި ފިޔަވަޅުއަޅައި، އެހެން ދައުލަތުން އެ ރައްޔިތުންނަށް އަދަބުދީފިނަމަ އެކަން ހުއްޓުވައި، އެފަދަ ހައްސާސް ކަންކަމުގައި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ކޮންމެ ފަސްގަނޑެއްގައި ތިއްބަސް ދިވެހިނަށްވީތީ ދިވެހި ދައުލަތުން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ތަފާތުކުރުމެއް ނެތި ހުރިހާ ދިވެހިންނަށް ލިބޭނެ މަގުން އަމަލުކުރުމަށް ދިވެހި ސަރުކާރަށް ގޮވައިލާ ހުށައެޅި މައްސަލައެކެވެ.

ބޭސްފަރުވާ އަށް އިންޑިއާ އަށް ގޮސް އުޅެނިކޮށް ހޮސްޕިޓަލުގައި ހުއްޓާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަމަދަކީ އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނުގައި ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. އެހެންނަމަވެސް އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެކަމާ ގުޅިގެން ކަމެއް އިންޑިއާ އިން އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީއަކުން ވެސް ވިދާޅެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް