Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބަހުސް ކުރައްވާނެ މެމްބަރުން ނެތި، ޖަލްސާ ކުރުކޮށްލަން ޖެހިއްޖެ

ބަހުސް ކުރައްވާނެ މެމްބަރުން ނެތި، ޖަލްސާ ކުރުކޮށްލަން ޖެހިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރާނެ މެންބަރަކު ނެތިގެން ޖަލްސާ ނިންމައިލާން ޖެހިއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ ޓުއަރިޒަމް މިނިސްޓަރު މައުސުމާ ސުވާލުކުރުމުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހަޅުއްވާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަރާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމެވެ.

ހެނދުނު ދަންފަޅީގައި މި ބިލަށް ބަހުސް ކުރައްވައިފައިވާ ފަސް މެމްބަރުންނަކީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާއި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ލަތީފާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއާއި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދެވެ.

Advertisement
Ooredoo — Truecaller (box)

މަޖިލީހުގެ ހެނދުނު ސަޔަށް ފަހު އަލުން ބަހުސް ފެށުމުން ބަހުސަށް އެދިވަޑައިގެންނެވީ ބޮންޑެ އެކަންޏެވެ.

ދެން އޮތީ، ނަފްސާނީ ސިއްހަތާ ގުޅޭ ވަށާ ޖެހޭ ސިޔާސަތެއް ޤާއިމު ކުރުމަށް ހުށަހަޅާފައިވާ ޤަރާރަށް ބަހުސް ކުރަން ހުޅުވައިލި ނަމަވެސް އެއްވެސް މެމްބަރަކު ބަހުސް ކުރުމަށް އެދިވަޑައިނުގެންނެވުމުން ޖަލްސާ ވަނީ ނިންމައިލައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް