މެދުއިރުމަތި ދުނިޔެ

11 ފަހަރު ގެދޮރު ގެއްލިއްޖެ، ބޭނުމީ އަމިއްލަ ގެދޮރު ނޫނީ މަރު!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތުރުކީގެ އަންތަކްޔާގައި އަސްކަރިއްޔާއިން ހިންގާ ޓެންޓް ސައިޓެއްގައި ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހުނު ސީރިއާ މީހުންނާއި ތުރުކީ މީހުން ވަކިކޮށްފައިވަނީ ސަލާމަތީ ސަބަބުތަކަށްކަމަށް ބުނެއެވެ.

Ads by Sosun Fihaara

ބިންހެލުމާއި ގުޅިގެން ގެދޮރު ގެއްލިފައިވާ ސީރިއާގެ އިދްލީބަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ ހަސަން ޖަދާން ބުނީ މިއީ އޭނާ ގެދޮރު ގެއްލުނު 11 ވަނަ ފަހަރު ކަމަށެވެ.

"އަހަރުމެން އެދެނީ އެންމެ ކަމަކަށް، މާތް الله އަހަންނަށް މަރު ދެއްވުން ނުވަތަ ސީރިއާގައި ހުންނަ އަހަރެމެންގެ ގެއަށް އަނބުރާ ފޮނުވާލުން،" އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އަށް ކުދިންގެ ބައްޕަ ހަސަން ޖަދާން ބުންޏެވެ.

ނުރައްކާތެރި ބިންހެލުން އައިތާ 8 ދުވަސްވެފައިވާއިރު ހާލުގައި ޖެހިފައިވާ ސީރިއާގެ ރައްޔިތުންނަށް އެހީ ދިނުމުގައި ދަތިތަކާއި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސީރިއާއަށް ބިންހެލުމުގެ އަސަރު ކުރި ސަރަހައްދަކީވެސް ދާހިލީ ހަމަނުޖެހުންތައް ބޮޑުވެފައިވާ ސަރަހައްދަކަށްވާއިރު އެސަހަރައްދުގައި ތިބި މީހުންނަކީ މީގެ ކުރިންވެސް ހަނގުރާމައިގެ ސީދާ އަސަރުކޮށް ވަރަށް ހާލުގައި ދިރިއުޅެމުންދާ ބަޔަކު އުޅޭ ސަރަހައްދެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިތަނުގައި ދިރިއުޅޭ މީހުން ނަކީ އެގައުމުގައި ޒަމާނުއްސުރެ ހިނގަމުން ދިޔަ ދާޚިލީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލުނު މީހުންނެވެ. އަދި މިމަހު އައި ބިންހެލުމުގެ ސީދާއަސަރުކޮށް އެމީހުންގެ ގެދޮރު ގެއްލި ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއް ނެތް ނަމަވެސް އެމީހުންނަށް އެހީ ދިނުމުގައި އެހީދޭ ފަރާތްތަކަށް ދަނީ ބުނަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!