ބިންހެލުމުގެ ފައިދާ ނަގައި ސްކޭމަރުން މަސައްކަތް ފެށުމުން ސަމާލުވާާން އެދިއްޖެ

މި މަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާގެ ސަރަހައްދުތަކަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ކަމަށް ބުނެ ސްކޭމަރުން މީހުންގެ އަތުން ފައިސާ ހޯދަމުންދާތީ ސަމާލުވާން އެދިއްޖެއެވެ.
ސްކޭމަރުން އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ ނަގަމުން އަންނަކަނަސް ސަލާމަތީ އެކްސްޕާޓުންގެ ސަމާލުކަމަށް މިހާރު އައިސްފައިވާކަމަށާއި އެކަންކަމަށް ސަމާލުވެ ތިބުމަށް އެފަރާތްތަކުން ވަނީ އެދިފައެވެ. މިގޮތުން ބިންހެލުމުގައި ސަލާމާތްވި މީހުންނަށް އެހީވުމަށް ކަމަށް ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް އެމީހުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަމަށް ކަމާބެހޭ މާހިރުން ދަނީ ބުނަމުންނެވެ.
ނަމަވެސް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ބަދަލުގައި ސްކޭމަރުން ގެންދަނީ ހަޤީޤީ ޗެރިޓީތަކުން ތަފާތު އެހެން އަމިއްލަ ޕޭޕަލް އެކައުންޓްތަކަށާއި ކްރިޕްޓޯކަރަންސީ ވޮލެޓަށް އެފައިސާތައް ޖަމާކުރަމުންކަން ފާހަގަވެފައިވާކަމަވެސް ކަމާބެހޭ މާހިރުންވަނީ ބުނެފައެވެ.
"ސްކޭމްކުރާ މީހުން ބޭނުންކުރާ މައިގަނޑު އުކުޅުތަކާއި ވަސީލަތްތައް މިހާރުވަނީ އައިޑެންޓިފައި ކުރެވިފަ. އެހެންވީމަ ހަދިޔާ ކުރުމުގެ ކުރިން ޑަބަލް ޗެކް ކުރުމަށް އެދެން" ސެކިއުރިޓީ މާހިރުންވަނީ ބުނެފައެވެ.
ބައެއް ޓިކްޓޮކް އެކައުންޓުތަކުގައި "ލެޓްސް ހެލްޕް ތުރުކީ" ނުވަތަ "ޕްރޭ ފޯ ތުރުކީ" ގެ ނަމުގައި ލައިވް ކޮންޓެންޓްތައް ގެނެސްދީ ފައިސާ ހަދިޔާ ކުރުމަށް ދަނީ އެދެމުން ކަމަށާއި އެފަދަ ޕްލެޓް ފޯމުތަކަށް ޑޮނޭޓު ކުރުމުގެ ބަދަލުގައި އިތުބާރުހިފޭ ޕްލެޓްފޯމްތަކަށް ޑޮނޭޓު ކުރުމަށް އެފަރާތްތަކުން ދަނީ އެދެމުންނެވެ.