މެދުއިރުމަތި ދުނިޔެ

ތުރުކީ-ސީރިއާ ބިންހެލުން: 222 ގަޑިއިރު ފަހުން މީހެއް ސަލާމަތްކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި ތާށިވެފައި އޮތް މީހަކު ސަލާމަތްކޮށްފިއެވެ.

Ads by Sosun Fihaara

222 ގަޑިއިރު ފަހުން ސަލާމަތް ކުރި އުމުރުން 42 އަހަރުގެ މެލައިކް އިމާމޮގްލޫ ނަމަކަށް ކިޔާ އަންހެނެކެވެ. މެލައިކް ސަލާމަތްކޮށްފައިވަނީ ދިރިހުރި މީހެއް ފެނުމުގެ އުއްމީދު މުޅިންހެން ގެއްލިފައިވަނިކޮށެވެ. އަދި އުއްމީދު ގެއްލުމުގެ ސަބަބުން މީހުން ހޯދުމުގެ އޮޕަރޭޝަން މަޑުޖައްސާލައިފައިވަނިކޮށެވެ.

ބާރުގަދަ މި ބިންހެލުންތަކުގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ މިހާރު 40000 ފަހަނައަޅައި ގޮސްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ތުރުކީގެ 35،418 މީހުންނާއި ސީރިއާގެ 5800 މީހުންނެވެ.

އުނދަގޫތަކާއި ގޮންޖެހުންތައް ހުރިނަމަވެސް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަންގެ 10 ޓްރަކެއް ތުރުކީން ސީރިއާގެ ހުޅަނގު އުތުރުން ބަބް އަލް ސަލާމް އިންސާނީ އެހީ ހިފައިގެން ވަނީ ދަތުރުކޮށްފައެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ތާށިވި 8000 އަށްވުރެ ގިނަ މީހުން މިހާރު ސަލާމަތް ކުރެވިފައިވެއެވެ. ޔޫއެން އިން ލަފާކޮށްފައިވާގޮތުގައި ބިންހެލުމުގެ ސަބަބުން ސީރިއާގެ 5.3 މިލިއަން މީހުންގެ ގެދޮރުވަނީ ގެއްލި މަގުމަތިވެފައެވެ. އަދި މި ހިތާމަވެރި ކާރިސާގެ ސަބަބުން ތުރުކީއާއި ސީރިއާގެ 900,000 މީހުންނަށް މިހާރުވެސް ކާބޯތަކެތި ބޭނުންވެފައިވާކަމަށް ޔޫއެންއިންވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!