Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޯލިޝަން ހެދުމުގެ ބާރު، ރިޔާސީ ކެންޑިޑޭޓަށް ދިނުމަށް އެމްޑީޕީން ފާސްކޮށްފި

ކޯލިޝަން ހެދުމުގެ ބާރު، ރިޔާސީ ކެންޑިޑޭޓަށް ދިނުމަށް އެމްޑީޕީން ފާސްކޮށްފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކޯލިޝަނެއް ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމުގެ ބާރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދިނުމަށް ފާސްކޮށްފިއެވެ.

މިގޮތަށް ފާސް ކުރީ، އެ ޕާޓީގެ ޤައުމީ މަޖިލީހުންނެވެ. ޢިއްޒުއްދީނު ސްކޫލުގައި މިރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ބާރު ރައީސްއަށް ދިނުމަށް ހުށަހެޅުއްވީ  ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒެވެ.

ނާޝިޒުގެ ހުށަހެޅުއްވުމުގައި ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީއަކާ ނުވަތަ ސިޔާސީ ލީޑަރަކާއި ނުވަތަ ސިޔާސީ ހަރަކާތެއްގެ ލީޑަރަކާއެކު އިއްތިހާދުވާން ފެނިއްޖެނަމަ އެ ފަރާތަކާއެކު ޕާޓީގެ ނަމުގައި އެއްބަސްވުން އެކުލަވައިލުމަށާއި އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް ޞާލިޙަށް ދިނުމަށް ޤައުމީ މަޖިލިސް އިޤުރާރުވުމަށް ހުށަހަޅުއްވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

އެ ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި 85 މެންބަރުންގެ ތެރެއިން 81 މެންބަރުންގެ ވޯޓާއެކުއެވެ. މި ބައްދަލުވުން، ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ވަނީ ބޮއިކޮޓް ކޮށްފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުން މިގޮތަށް ނިންމެވިއިރު، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނަވާނީ ކޯލިޝަނަކާ އެކުގައި ކަމަށް ރައީސް ޞާލިޙު މީގެ ކުރިން ވިދާޅުވިއެވެ. ނަމަވެސް އެ މަނިކުފާނާއެކުގައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނުކުންނަން، ކޯލިޝަނުގައި ހިމެނޭ އެހެން ސިޔާސީ ޕާޓީތަކުން އަދި ނިންމައިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް