Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަކީ މުޅިގައުމަށް ލިބުނު ފާގަތި ނަސީބެއް: ސައްލެ

ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަކީ މުޅިގައުމަށް ލިބުނު ފާގަތި ނަސީބެއް: ސައްލެ
ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަކީ މުޅި ދިވެހި ގައުމަށް ލިބުނު ފާގަތި ނަސީބެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ މިއަދު ނުތަނަވަސް ކަމެއްނެތް އެއްވެސް ޕާޓީއެއްގެ އެއްވެސް މެމްބަރަކަށް ބިރުވެރިކަމެއް ނެތްކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަކީ އަޅުގަނޑުމެން އެންމެންނަށް ލިބުނު ވަކި އެމްޑީޕީ މެމްބަރެއްނޫން އެހެންޕާޓީއެއްގެ މެމްބަރެއްނޫން މުޅިގައުމަށް ލިބުނު ފާގަތި ނަސީބެއް.  އެކީއްވެގެންތޯ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ނުތަނަވަސް ކަމެއްނެތް އެއްވެސް ޕާޓީއެއްގެ އެއްވެސް މެމްބަރަކަށް ބިރުވެރިކަމެއް ނެތް. ނާއުއްމީދުގެ ސޮފުހާތައް މާޒީއާއެކުވެ ހިނގައްޖެ" ސައްލެ ވިދާޅުވިއެވެ.
ސައްލެ އިތުރަށް ވިދާޅުވީ ކުރީގެ ހަނދާންތައް އާވާކޮންމެ ފަހަރަކު ދިވެހިން އަނބުރާ އެ ހޫނަށް ނުދާނެކަމަށް އިހްތިޔާރުގައިވެސް އަދި ބޭ އިހްތިޔާރުގައިވެސް ބުނެވޭކަމަށެވެ. އަދި މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ލީޑަރޝިޕް ކޮލިޓީ މިއަދު ދިވެހިން މިވަނީ ވަކަރަށް ޖަހައި އޭގައި އާރުލާކަން ޔަގީންކޮށްފައިކަމަށާއި ކޮވިޑްގެ އާލަމީ ވަބާއިން ރާއްޖޭގެ ރައްޔިތުން މިންޖުކޮށްދެއްވާ ކުރެއްވި މިންނެތް މަސައްކަތްފުޅު ރާއްޖޭގެ ހުރިހާ ލިޔާމީހުން ލިޔަންޖެހޭނީ ޝައްކެއްވެސް ނެތް ގޮތުގައި ރަންއަކުރުން ކަމަށްވެސް ސައްލެ ފާހަގަކުރެއްވިއެވެ. ސައްލެ ވިދާޅުވީ މިއަދު ލިބެމުންދ އާމްދަނީ އިތުރުވެފައިވާކަމަށާއި ރިޒާވްވެސް އިތުރުވެފައިވާކަމަށެވެ. އަދި އިންވެސްޓަރުންގެ ޔަގީންކަން މާބޮޑުތަނުންވެސް އިތުރުވެފައިވާކަމަށް ސައްލެ ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް