ޚަބަރު

ތުރުކީ ސީރިއާ ފަންޑު ފޮށި: މަދު ގަޑިއިރެއްގެ ތެރޭގައި އެއް މިލިއަން ރުފިޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ތުރުކީއާއި ސީރިއާއަށް ކުރިމަތިވި ބިންހެލުގައި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި ބެހެއްޓި ފަންޑުފޮށިތަކުން އެއް ދުވަހުން އެއް މިިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

Ads by Sosun Fihaara

މި ހަރާކާތާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، ތުރުކީއާއި ސޫރިއާގެ ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އައިއޭސީއާ‬⁩ ގުޅިގެން މަދަނީ ޖަމިއްޔާތަކުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުން 1 މިލިއަން ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

“މިއީ މިހާތަނަށް ރާއްޖޭގައި ހިންގި ފަންޑް ރެއިޒިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ އެއް ޕްރޮގްރާމެވެ. މަދު ގަޑިއިރެއްގެ ތެރޭގައި 1 މިލިއަން އެވެ. އެންމެ ބޭފުޅުންނަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށި. އާމީން” ޝަހީމް ވިދާޅުވިއެވެ.

މި ހަރަކާތުގެ ދަށުން އިއްޔެ ހުކުރު ނަމާދުގެ ވަގުތު އިސްލާމީ މަރުކަޒުގައި  ތިން ފަންޑު ފޮށި ބަހައްޓާފައިވެއެވެ. މީގެ އިތުރުން ސަލްމާން މިސްކިތާއި އެހެނިހެން މިސްކިތްތަކުގައިވެސް ފަންޑު ފޮށި ވަނީ ބަހައްޓާފައެވެ.

ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އައި ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުގަދަ ބިންހެލުމުގައި ތުރުކީން އެކަނިވެސް 12,000 އަށްވުރެ ގިނަ ޢިމާރާތް ވަނީ ވެއްޓިފައެވެ. އިމާރާތްތަކުގެ ދަށުވެ އެތަކެއް ހާސް ބަޔަކު މަރުވެފައިވާއިރު، އެ މީހުންގެ ހަށިތައް ހޯދުމަށް ހުއްޓުމެއް ނެތި އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!