Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެނދި ޓިކެޓް ޖަލްސާއިން އަދަދު ފެނިއްޖެ: ބޮންޑެ

އެނދި ޓިކެޓް ޖަލްސާއިން އަދަދު ފެނިއްޖެ: ބޮންޑެ

އެނދި ޓިކެޓު ޖަލްސާއިން އަދަދު ފެނިއްޖެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު(ބޮންޑެ) އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނަށް ފާޑު ވިދާޅުވެއްޖެއެވެ.

ބޮންޑެ ނިސްބަތްވެވަޑައިގަންނަވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށެވެ. ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދީފައިވާއިރު، ރައީސް ނަޝީދާ އެ މަނިކުފާނުގެ ސަޕޯޓަރުން ވަނީ މި ޖަލްސާ ބޮއިކޮޓް ކޮށްފައެވެ.

ޖަލްސާގައި ބައެއް ގޮނޑިތައް ހުސްކޮށް ހުރި މަންޒަރު ފެންނަ ވީޑިއޯއެއް ޓްވިޓަރގައި ހިއްސާ ކުރައްވައި ބޮންޑެ ވިދާޅުވީ "އެނދި ޓިކެޓް ޖަލްސާއިން އަސްލު އަދަދު ފެނިއްޖެ" ކަމަށެވެ.

Advertisement
Ooredoo — Square (box)

https://twitter.com/BondeM4/status/1627027040183668736

ރައީސްއަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ މިއީ އެމްޑީޕީގެ އެންމެހައި މެމްބަރުން އެކަތިގަނޑަކަށްވެ، އެ މަނިކުފާނަށް މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. މިކަމުގައި ބައިވެރިވާން އެމްޑީޕީގެ އެންމެހައި މެމްބަރުންނަށް ދައުވަތު އަރުވައި ރައީސް ވިދާޅުވީ ތަރައްޤީ ދެެމެހެއްޓުމަށްޓަކައި އެމްޑީޕީގެ މި ވެރިކަން ދެމި އޮންނަން ޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް