Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޕަވަންދީޕާއި އަރުނީތާގެ ޝޯގެ ޓިކެޓު ވިއްކަން ފަށައިފި

ޕަވަންދީޕާއި އަރުނީތާގެ ޝޯގެ ޓިކެޓު ވިއްކަން ފަށައިފި

އިންޑިއަން އައިޑަލް އިން ވިދާލި ޕަވަންދީޕް ރަޖާން އާއި އަރުނިތާ ކަންޖިލާލް، ރާއްޖޭގައި ޕާފޯމް ކުރާ ޝޯގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.

މި ޝޯ އަކީ "ޓުއާނިވަލް" އިން އިންތިޒާމްކޮށްގެން، "މިއުޒިކަލް އައިޑަލް" ގެ ނަމުގައި ބާއްވާ އެ ޝޯއެކެވެ.

ހުޅުމާލޭގައި ބާއްވާ މި ޝޯގެ އާއްމު ޓިކެޓެއް ލިބެނީ 80 ރުފިޔާއަށެވެ. އަދި ފަސްޓް ކްލާސް ޓިކެޓެއް ލިބެނީ 150 ރުފިޔާ އަށެވެ. މީގެ އިތުރުން ވީއައިޕީ ޓިކެޓެއްގެ އަގަކީ 500ރުފިޔާއެވެ.

Advertisement
Ooredoo — Truecaller (box)

ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން 7376060، 9238088 ނުވަތަ 9238090 އަށް ގުޅައިގެން ނުވަތަ ވަޓްސް އެޕާއި ވައިބާ މެދުވެރިކޮށް މެސެޖުކޮށްގެން ޓިކެޓް ބުކް ކުރެވޭނެއެވެ.

އެ ޝޯގައި ރާފިޔަތު ރަމީޒާ އަދި ޝަލަބީ އިބްރާހިމްގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް