މެދުއިރުމަތި ދުނިޔެ

ބިންހެލުމުގައި ވަކިވި ދަރިންނަށް މަންމަ"އެކަކު އަނެކަކަށް އަޅާލާ ލޯބިވާތި، ތިއީ އަހަރެން ދިރިހުރި ސަބަބު"

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އައިޝާ އޭނާގެ ދަރިފުޅަށް ވަދާއި ސަލާމް ކުރަނީ

މިމަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބައެއްގެ އާއިލާ ގެއްލި އެކަނިވެފައިވާއިރު އެސަރަހައްދުން ފެނިގެން ދަނީ ހިތް ފަޅައިގެން ދާފަދަ މަންޒަރުތަކެވެ.

Ads by Sosun Fihaara

ސީރިއާގެ ރައްޔިތެއްކަމުގައިވާ އުމުރުން 45 އަހަރުގެ އާއިޝާ މޮއާރީގެ ވާހަކައެވެ. ބިންހެލުމުގައި އައިޝާއާއި އޭނާގެ ފިރިމީހާ ނޯމަންގެ 3 ދަރިންނާއި ދެ މާމަ ދަރިން ވަނީ މަރުވެފައެވެ. އަަދި ދަރިފުޅުގެ ފިރިމީހާ ފެނިފައިނުވާއިރު ބިންހެލުމުގައި ސަލާމަތް ވެފައިވަނީ އުމުރުން 4 އަހަރުގެ މާމަ ދަރިއެއް އެކަންޏެވެ.

"އަހަރެން ދޫކޮށްލާފަ ތިދަނީ ކިހިނެތް؟ އަހަރެން ދިރިހުރި ހަމައެކަނި ސަބަބަކީތީ؟ އަހަރެން ނޭވާލާނީ ދެން ކިހިނެތް" އައިޝާ އޭނާގެ ދަރިއަކު ލާފައި އޮތް ބޮޑީ ބޭގެއްގައި ބައްދައިގެން އޮވެ ރޮމުން ދިޔައިރު ފެނިގެން ދިޔައީ ހިތްފަޅައިގެންދާ ފަދަ މަންޒަރެކެވެ.

ބާބް އަލް ޙަވާއަށް ގެނައި ސޫރިޔާގެ ކޮންމެ މީހެއްގެ ނަން ބޮޑީ ކޮތަޅުތަކުގައި ނޫކުލައިގެ މާކަރަކުން ލިޔެފައިވާއިރު އައިޝާ އޭނާގެ ދަރިންނަށް ވަނީ ފަހުގެ ވަދާއި ސަލާމް ރުއިމާއި ކަރުނައިގެ ތެރެއިން ކޮށްފައެވެ.

"އެކަކު އަނެކަކަށް އަޅާލާ ލޯބިވާތި، އަހަރެންގެ ލޯބިވާ ޝީރީން ކޮއްކޮމެންނާއި އަހަރެންގެ މާމަ ދަރިން ބަލާތި" އައިޝާގެ ދަރިފުޅުގެ ބޮޑީބޭގުގައި ބޮސްދެމުން އޭނާ ބުންޏެވެ.

ސީރިއާގައި ހިނގަމުން އަންނަ ދާހިލީ ހަނގުރާމައިން ސަލާމަތްވުމަށްޓަކައި އައިޝާއާއި ނޫމަން ތުރުކީގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަންޓަކްޔާއަށް ހިމާޔަތް ހޯދައިގެން ގޮސްފައިވަނީ މީގެ އަށް އަހަރު ކުރިން އާފެށުމެއް ފެށުމުގެ އުއްމީދުގައެވެ. އެހެންނަމަވެސް އެއުއްމީދު ވިއްސިވިހާލިވެ އެދެމަފިރިން މިއަދު ވަނީ އެކަނިވެފައެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!