އެމެރިކާއިން ޓައިވާނާއެކު އަސްކަރީ ގުޅުން ބަދަހި ކުރަނީ
ޗައިނާއިން ބާރާއި ނުފޫޒު ފަތުރަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތައިވާނުން އެމެރިކާއާ އެކު އަސްކަރީ އަދި ދިފާޢީ ދާއިރާއިން ގުޅުންތައް ބަދަހިކުރަން ނިންމާފައިވާ ކަމުގައި ތައިވާނުގެ ރައީސް ސައި އިންގް-ވެން ވިދާޅުވެއްޖެއެވެ. އޭނާ ވަނީ، ތައިވާނަށް ދާދިފަހުން ޒިޔާރަތް ކުރެއްވި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކަކާ ބައްދަލުކުރައްވައި، އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ކޮންގްރެސްގެ މެންބަރުންތަކެއް ތައިވާނަށް ދަތުރުފުޅެއް ކުރައްވާފައި މި ވަނީ، އެމެރިކާގެ ދިފާޢީ ވުޒާރާގެ އިސް އޮފިޝަލުންތަކެއް ވެސް ސިއްރިޔާތުގައި ތައިވާނަށް ދަތުރުފުޅެއް ކުރައްވާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
"ތައިވާނާއި އެމެރިކާއާ ދެމެދު އަސްކަރީ ދާއިރާއިން ގުޅުންތައް އިތުރަށް ބަދަހިކުރަމުންދާނަން. އަދި، ކުރިއަށް އޮތް ތަނުގައި، އެމެރިކާއާއި އެހެން ޑިމޮކްރެޓިކް ޤައުމުތަކާ އެކު މަސައްކަތް ކުރަމުންދާނަން. ބޭނުމަކީ ބައެއް ޤައުމުތަކުން ބާރާއި ނުފޫޒު ފޯރުވަން ކުރާ މަސައްކަތްތައް ހުއްޓުވުން. އަދި، މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާއިން ވެސް ޤައުމުތަކާ އެކު ގުޅުން ބަދަހިކުރަން ބޭނުން،" ސައި ވިދާޅުވިއެވެ.
ތައިވާނުގެ މިނިވަންކަމާ ގުޅޭ ދެބަސްވުންތަކުގައި ޗައިނާއާއި އެމެރިކާއިން ދަނީ އަރައިރުންވަމުންނެވެ. ތައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި އެ ޤައުމުން ދެކުނު ނަމަވެސް، އެމެރިކާއާއި ހުޅަނގުގެ ގިނަ ޤައުމުތަކުން ދެކޭ ގޮތުގައި ތައިވާނަކީ މިނިވަން ދަޢުލަތެކެވެ. އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ކުރީގެ ރައީސާ ނެންސީ ޕެލޯސީ ހުސްވި 2022 ވަނަ އަހަރުގެ ފަހުކޮޅު ތައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުންތައް ނުތަނަވަސްވިއެވެ.
ތައިވާން ޗައިނާގެ ބާރުގަދަ ކޮންމެވެސް ދުވަހަކުން ގެންދާނެ ކަމުގައި ޗައިނާއިން ވަނީ ބުނެފައެވެ. އަދި، ތައިވާނުން ބޭރު ދުނިޔެއާ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ޗައިނާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ޕެލޯސީ ތައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ޗައިނާއިން ވަނީ ތައިވާނު ވަށައިލާ، އެ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.