ޚަބަރު ދުނިޔެ

ފަހުން އައި ދެ ބިންހެލުމާއެކު ލިބުނު އެންމެ ބޮޑު ގެއްލުމަކީ އިތުރު ބިރުވެރިކަމެއް އިހްސާސް ކުރަން ޖެހުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސީރިޔާގެ ހުޅަނގު އުތުރަށް 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިތާ ދެ ހަފުތާ ފަހުން، ހޯމަ ދުވަހުގެ ރޭ އައި ދެ ބިންހެލުމާ ގުޅިގެން، އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު އަނިޔާ އަކީ އިތުރު މޮޅިވެރިކަމާއި، ސިހުމާއި ހިތާމައެވެ.

Ads by WAMCO
Ads by Hajj Corporation

ފަހުން އައި ދެ ބިންހެލުމާ ގުޅިގެން މިހައިތަނަށް ހަ މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަަހަމް ވެފައެވެ.

ވައިޓް ހެލްމެޓްސްގެ ނަމުން މަޝްހޫރުވެފައިވާ ސީރިއާ ސިވިލް ޑިފެންސްގެ ތަރުޖަމާނު އޮބާދާ އަލްވާން އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި އެތައް ބަޔަކަށް އަނިޔާވެފައިވަނީ ބިރުގަނެ، އިމާރާތްތަކުން ފުންމާލުމުގެ ސަބަބުންނެވެ.

ހަތަރު މިލިއަން މީހުން ދިރިއުޅޭ އެ ސަރަހައްދުގައި 190 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރެސްކިއު ގްރޫޕުން ލަފާކުރެެއެވެ.

އާންމުން ގިނައިން ތިބީ ނިދާފައި، ފިނިގަދަވި ނަމަވެސް ބިންހެލުމަށްފަހު އެނބުރި ގެއަށް ދާން، ގިނަ މީހުން ދިޔައީ ދެކޮޅު ހަދަމުން،" އަލްވާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުން، ހޯމަ ދުވަހުގެ "އާފްޓަރޝޮކް"ތަކަށް ފަހުގައި މީހުން ތިބީ ވަރަށް ބޮޑަށް ބިރު ގަނެ، ހާސްވެފައެވެ.

އިދްލީބުގެ ބޭރުގައި ހުންނަ ވަގުތީ ހިޔާއެއްގައި ހުރެ، އުމުރުން 40 އަހަރުގެ އިސްމާއިލް އަބޫ ރާސް އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ ހޯމަ ދުވަހު ބިންހެލުން އިހުސާސްކުރެވުމާއެކު އަންހެންނާ ފަސް ދަރިންނާއެކު އޭނާ އިމާރާތުން ނުކުމެގެން ދިޔަ ކަމަށެވެ.

އޭރު މަގުތައް ފުރިފައި ވަނީ އެކި އިމާރާތްތަކުން ނުކުތް މީހުން ގިނަ ކަމުން ކަމަށާއި، ގެއަށް ދާން ވެސް ބިރުން ހަތަރު ފަސް ގަޑިއިރު ބޭރުގައި ތިބެވުނު ކަމަށެވެ.

އުމުރުން 70 އަހަރުގެ ޚަދީޖާ އަލީ އުމަރު ކިޔައިދިން ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ އަންހެން ދަރިފުޅާއެކު ގެއިން ފިލައިގެން ނުކުތީ، ހޯމަ ދުވަހުގެ ރޭ އެރި ލޮޅުމާއެކުގައި، ގެ ބޮލަށް ވެއްޓެނީއޭ ހީވެގެންނެވެ.

އެ ގެ ވެއްޓުނުއިރު، ނުކުމެވުނު ގޮތެއް ކިޔައިދޭންވެސް ނޭންގޭ ކަމަށް ޚަދީޖާ ބުނެއެވެ.

މިއީ އެތައް ބައެއްގެ އިހްސާސްތަކާ ތަޖުރިބާތައް ހުރި ގޮތެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!