ޚަބަރު ސިޔާސީ

އަދާލަތަކީ ޝައިތާނާގެ ޕާޓީ: ޝެއިހް ފަޒްލޫން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަދާލަތު ޕާޓީއަކީ ޝައިތާނާގެ ޕާޓީކަމަށް އައްޝައިޚް ފަޒްލޫން މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝައިޚް ފަޒްލޫން މިހެން ވިދާޅުވީ އަދާލަތު ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދު ކުރަން ނިންމި ނިންމުމާއި ގުޅިގެންނެވެ.

"އެމީހުންނަކީ ޝައިތާނާގެ ޕާޓީއެވެ. ދަންނާށެވެ. ސައިތާނާގެ ޕާޓީއަކީ ހަމަ ކަނޑައެޅިގެން ގެއްލި ހަލާކުވެގެންވާ މީހުންނެވެ." ޝެއިޚް ފަޒްލޫން ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި އަދާލަތުން ރައީސް ޞާލިހަށް ތާއިދު ކުރަން ނިންމާފައިވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ މަޝްވަރާއަށް ފަހުއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމި ނިންމުމުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށްފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ޢަދާލަތު ޤާއިމުކުރުމަށް އިސްކަން ދިނުމަށާއި، މެނިފެސްޓޯ އެކުލަވާލުމުގައި ޢަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް އެއްބަސްވެވެވިފައިވާ ކަމަށެވެ.

ބައިނަލްއަޤް ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ޝެއިޚް ފަޒްލޫން ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުއްވަމުންކަން ފާހަގަކޮށްލެވެއެވެ.

މިގޮތުން މިއީ ނަބިއްޔާ ﷺ ގެ ބަދު ދުޢާ ލިބިގެންވާފަދަ ވެރިކަމެއް ކަމަށް ޝެއިޚް ފަޒްލޫން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Ads by HDC
  1. ބަޔާން

    އަދާލަތު ޕާޓީގަ ކިރިޔާވެސް އިސްލާންދީން ހިމާޔަތް ކުރަން ކިރިޔާވެސް މަސައްކަތެއް ކުރާނެކަމަށް ބެލެވޭ މީހުން ތިބީ! އެހެންވީމާ ހަމައެކަނި އަދާލަތު ޕާޓީގެ މަގާމު ބުނެދިނީމާ އޭގެ މާނައަކަށް އަޅުގަނޑަށް ވިސްނެނީ ދެން ތިބި އެހެން ޕާޓީތަކަކީ ﷲގެ ޕާޓީތަކޭ! އެހެންކަމުން ޢަދާލަތު ޕާޓީ ފިޔަވާ އެހެން ހުރިހާ ޕާޓީތަކަށް އަޅުގަނޑުގެ ތާއީދު ލިބޭނެ.

  2. އަލީ ބިން ޔޫސުފް

    ގައިމުވެސް އެއީ ތިޔަ ކަހަލަ ޚަވާރިޖުންގެ ޕާޓީއެއް ނޫނެވެ. އެއީ ނަރަކައިގެ ކުއްތާކަމުގައި ޚަވާރިޖުންވެއެވެ. އެމީހުންނަށް އުޘްމާނެއް ކަމަކު ނުދިޔައެވެ. އަލީއެއް ކަމަކު ނުދިޔައެވެ. މުއާވިޔާއެއްވެސް ކަމަކު ނުދިޔައެވެ.

  3. ަހަސަންބެ

    ތީ ޝައިހުންތަ ދެން ކިހިނެއް ކަލޭމެންގެ ޝައިތާނުންގެ ތާޖް އަޅައިގެން ތިބޭމީހުން އަޑު އހަރުމެން އަހާނީ ބަލަގަ ތީހުރިހާ ޖަރީމާ އެއް އކުލެވިގެން ވާ ޕާޓީއަކައް އަޅުވެތިވެފަ ތބޭ ބަޔެކޭ ނޫންތަ ސަހަރޯ ކަލޭމެންގެ ދޭ ނަސޭހަތް ގަބޫލު ކުރާ ބަޔަކައްވެސް

  4. ނާޅި

    ފަހިދިރިއުޅުމުގެ ޓަވަރު އެޅުމައްޓަކައި ހުކުރުދުވަހު އިމާމުމީހާ ހުކުރުގަޑީގައި ހުތުބާ ކިޔާ ހުކުރުނަމާދު ކުރާއިރުވެސް އިމާރާތްކުރާ މީހުން ގަދަޔަށް މަސައްކަތް ކުރަނީ ދިވެހި ޒުވާނުންނާއި ކުޑަކުދިންނަށް ކޮންކަހަލަ ތަސައްވުރެއްދޭންތޯ ؟ ހުކުރުދުވަހު ހުކުރުގަޑީގައި ބޭރުމީހުން ލައްވާ މަސައްކަތް ކުރުވުމަކީ ދިވެހިންގެ އާދަކާދަޔާއި ހިލާފު ބަލައި ނުގަނެވޭނެ ކަމެއް !