ޖޭޕީގެ ކޮންފެރެންްސްއަށް ނައިބުރައީސްއަށް ދައުވަތު އެރުވުމުންވެސް ވަޑައިނުގެންނެވި

މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައި ނުގަންނަވާ މައްސަލައަށް ގިނަބައެއްގެ ސަމާލުކަން ލިބިފައިވާއިރު ޖޭޕީން ވަނީ އެމަނިކުފާނަށް ކޮންގްރެސްގައި ބައިވެރިވުމުގެ ދައުވަތުވެސް އަރުއްވާފައިކަމަށް އެޕާޓީން ބުނެފިއެވެ.
ޖޭޕީން ބުނެފައިވާ ގޮތުގައި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުން އެދި ޤާސިމް ނައިބު ރައީސް ފައިސަލްއަށް ސިޓީ ފުޅެއް ވަނީ މިމަހުގެ 22 ވަނަ ދުވަހު ފޮނުވާފައެވެ. އެހެންނަމަވެސް ނައިބު ރައީސް ފައިސަލް ކޮންފަރެންސްގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަދި އެމަނިކުފާނު ކޮންފަރެންސްގައި ބައިވެރިވެވަޑައި ނުގެން ސަބަބެއް އެނގިވަޑައި ނުގަންނަވާކަމަށް ޖޭޕީން ވަނީ ބުނެފައެވެ.
ޖޭޕީގެ ގައުމީ ކޮންފަރެންސް އިއްޔެ ފަށާފައިވާއިރު އިއްޔެ މެންދުރުފަހު 14:45 ގައި ދަރުބާރުގޭގައި ފެށި މި ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ އާއި، މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިޝް މައުމޫނާއި، ބޭރު ބައެއް ޤައުމުތަކުގެ އިއްޒަތްތެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ނައިބު ރައީސް ފައިސަލް ނަސީމަކީވެސް ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމުގައިވާއިރު ނައިބު ރައީސް ވަނީ ރައީީސް ޞާލިހު އެންޑޯޒް ކުރައްވައި، އެ މަނިކުފާނުގެ ރަނިންމޭޓަކަށްވުމަށް ވެސް ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. އަދި މީގެކުރިން އެމަނިކުފާނު "މިހާރު" އަށް ދެއްވި ބަސްދީގަތުމުގައި ޤާސިމަށް އަބަދުވެސް އިޙްތިރާމް ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.





ކޮމެންޓް