ޚަބަރު

ތުރުކީއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ތުރުކީގެ މެދުތެރޭގެ އެނަޓޯލިއަން ޕްރޮވިންސް ކަމަށްވާ ނިގްޑޭ އަށް 5.3 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.

Ads by Sosun Fihaara

ތުރުކީގެ ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީ އޭއެފްއޭޑީއިން ބުނީ މިއަދު  އައި ބިންހެލުމުގެ ބާރުމިނުގައި 7 ކިލޯމީޓަރު (4.34 މޭލު) ހުރި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ތުރުކީ އަދި ސީރިޔާއަށް އައި  ބިންހެލުމުގައި ތުރުކީން 44،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ސީރިއާގައި މަރުވި މީހުންގެ އަދަދު ވަނީ 5،914 އަށް އަރާފައެވެ.

މި ބިންހެލުމާ ގުޅިގެން 9،000 އަށް ވުރެ ގިނަ އާފްޓާޝޮކް އައި އިރު، ތުރުކީގައި 173،000 އަށް ވުރެ ގިނަ އިމާރާތްތަކަށް ގެއްލުންވެ، ގާތްގަނޑަކަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް  ތަފާސް ހިސާބުތަކުން ދައްކައެވެ.

ތުރުކީގެ ބިންހެލުމުގައި ގެއްލުން ލިބުނު 11 ޕްރޮވިންސްގައި ވޮލަންޓިއަރުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 240،000 ރެސްކިއު ވޯކަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު ބައެއް ސަރަހައްދުތަކަށް ފުރަތަމަ ވަނުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ރިކަވަރީގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!