Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ އޮތީ ވެންޓިލޭޓަރުގައި، މަރެއް ނުވޭ!

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ އޮތީ ވެންޓިލޭޓަރުގައި، މަރެއް ނުވޭ!

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ ނިޔާވި ކަމަށް ދެކެވޭ ވާހަކަ އޭނާއަށް ފަރުވާދޭ އައިޖީއެމްއެޗް ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

“ދެން”އަށް މަޢުލޫމާތު ދެމުން އައިޖީއެމްއެޗުން ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ކަމަށާއި އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އެ ޒުވާނާ ނިޔާވެފައި ނުވާ ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

މާފަންނު މުރަނގަ މަގުގައި ހުންނަ ކްރަސާ ނަމަކަށް ކިޔާ ފިހާރައިގައި ހުއްޓާ ބަޔަކު ވަދެ ޒަހަމްކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކަށެވެ.

Advertisement
Allied Insurance — Square (box)

ޒުވާނާއަށް ވަޅިން ހަމަލާދިން މައްސަލައާއި ގުޅިގެން އުމުރުން 21 އަހަރުގެ ޒުވާނަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް