ޚަބަރު

ތުރުކީއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ތުރުކީގެ އިރުމަތީ ސަރަޙައްދަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.

Ads by MWSC

މި ބިންހެލުމުގައި ބަޔަކު މަރުވެފައިވާއިރު ގިނަ ބަޔަކަށް ޒަޚަމްވެ، އިމާރާތްތައް ވެއްޓިފައިވާ ކަމަށް ރިޕޯޓްތައއ ބުނެއެވެ.

ތުރުކީގެ ދެކުނުގެ ސަރަހައްދާއި ސީރިއާގެ ހުޅަނގު އުތުރުގައި މީގެ ކުރިން އައި ބާރުގަދަ ބިންހެލުމުގައި 50،000 އަށް ވުރެ ގިނަ މީހުން މަރުވި އިރު، ތުރުކީގެ ދެކުނުގެ ސަރަހައްދަށް ވެސް ވަނީ ބިންހެލުމެއް އައިސްފައެވެ.

އެންމެ ފަހުގެ ބިންހެލުން އައިސްފައިވަނީ މަލަޓިއާ ޕްރޮވިންސްގެ ޔެސިލިއުރްޓް އަވަށަށެވެ. ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އެ ސަރަހައްދަށް އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުގެ މައި މަރުކަޒު ކަމަށްވާ ކަހްރާމަންމާރަސްގެ ފެކްޓްރީއެއް ވެއްޓި އެކަކު މަރުވެ، 69 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީ (އޭއެފްއޭޑީ) އިން ބުނެފައިވެއެވެ.

ތުރުކީގެ ބިންހެލުމުގައި ގެއްލުން ލިބުނު 11 ޕްރޮވިންސްގައި ވޮލަންޓިއަރުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 240،000 ރެސްކިއު ވޯކަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު ބައެއް ސަރަހައްދުތަކަށް ފުރަތަމަ ވަނުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ރިކަވަރީގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!