ރަށްފުށުގެ އަންހެން ކުދިންގެ ގައިން "މީރުވަސް" ނުދުވާ ކަމަށް ބުނުމުން ރާޝިދަށް ފާޑުކިޔުން އަމާޒުވެއްޖެ
ރަށްފުށުގެ އަންހެން ކުދިންގެ ގައިން "މީރުވަސް" ނުދުވާ ކަމަށް ބުނުމުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ ރަށްފުށުގެ އަންހެން ކުދިން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް މީގެ ކުރިން އެ ބޭފުޅުންގެ ގަޔަކުން މާމީރު ވަހެއް ނުދުވާ ކަމަށެވެ.
"އަޅުގަނޑުމެން ރަށް ފުށުގެ ފެނުގެ ނިޒާމުނެތިގެން އަނެކައްޗެއް ނެތިގެން އަޅުގަނޑުމެން ރަށްފުށުގައި އެތިބަ ރީތި ލޯބި އަންހެން ކުދިންގެ މޫނުމަތިން މިއަދު ފެން ލިބެންފެށީމައި އެފެންނަ ޗާލުކަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އެބޭފުޅުން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް މީގެ ކުރިން އަޅުގަނޑުމެންނަށް އެބޭފުޅުންގެ ގަޔަކުން މާމީރު ވަހެއް ނުދުވާ މިއަދު އެއީ ޗަކަފެނުން ފެންވަރަންޖެހޭތީ މިއަދު ސާފު ފެނުން ރީތި ލޯބި ފެނުން ފެންވަރައިގެން އަޅުގަނޑުމެން މިތިބީ" ރާޝިދު ވިދާޅުވިއެވެ.
ރާޝިދު މިހެން ވިދާޅުވުމުން ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިލްޔާސް ލަބީބް ނިޒާމާ ބެހޭ މައްސަލައެއް ނަންގަވައި އެކަން ރިޔާސަތުގެ ސަމާލުކަމަށް ގެންނަވައި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
"އިއްޒަތްތެރި ރައީސް ދިވެހި އަންހެން ބޭފުޅުންނާއި މުޚަަތަބުކޮށް އެހާ ބޭއަދަބީ ބަހެއް މިތަނުގައި ބޭނުން ކުރުމަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއްނޫން" މެމްބަރު އިލްޔާސް ވިދާޅުވިއެވެ.
މިއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. މިގޮތުން ވާހަކަފުޅު ދައްކަވާއިރުގައި ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސް ވާގޮތަށް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ރާޝިދު މިއަދު މަޖިލީހުގައި ދެއްކެވި ވާހަކައަށް ޝޯޝަލް މީޑިއާގައި ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
100/ކަނޑުކޮހެއް؟ދެއްކޭނުދެއްކޭވާހަކަވެސްނޭންގޭ..
އަދި މިއުޅެނީ ގިފިލީގެ ފަންގަނޑު ފޭކޮށް ބަލަން އޮވެފަ ފިލަންއައިސް ފައިން ދޮންވެލި ނުހިކިއުތަ؟
އަސްލު މާލޭ މީހުންގައިން ދުވާނެ ވަރަށް މީރުވަސް… އޭގެ ސިއްރެއް ނޭންގެ ހަމަ