ޚަބަރު އިޖުތިމާޢީ ސަރުކާރު

ތިނަދޫ ޓާޝަރީ ހޮސްޕިޓަލު ޑިޒައިން ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތިނަދޫ ޓާޝަރީ ހޮސްޕިޓަލް ޑިޒައިންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހެލްތު މިނިސްޓަރު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު ނަސީމް މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

އެ ޖަވާބުގައި މިނިސްޓަރު ވަނީ، ޑިޒައިންކުރުމުގެ މަސައްކަތް ނިމުނުހައކ އަވަހަކަށް ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައިވަނީ ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް މިއަހަރުގެ މެދެއްހާ ހިސާބުގައި ބީލަމަށް ހުޅުވައިލާނެކަމަަށެވެ.

ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް އެޅުމަށް ލޯނު ހަމަޖެހިފައިވަނީ ކުވައިތު ފަންޑުންނެވެ.

މިއީ ދަޢުލަތުގެ ބަޖެޓުން 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ މަޝްރޫޢުއެކެވެ. ތިނަދޫ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން އޯޕީޑީގެ ޖާގަ ބޮޑު ކުރުމާއި ދެ ލޭބަރ ރޫމް އިތުރުކުރުމާއި ހަތަރު ޕްރައިވެޓް ރޫމް އިމާރާތް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!