ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކޮށްގެން ބަންދުގައި ހުރި ރިހުލާ، ޖަލުގައި ހުއްޓާ މާބަނޑުވުމުން ދޫކޮށްލައިފި

ކުޑަކުދިންތަކަކަށް އޭނާގެ ފިރިމީހާއާއެކު ޖިންސީ ގޯނާކުރިކުމާއި ބަދު އަޚްލާޤީ އަމަލު ހިންގުމުގެ ކުށުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ފިލްމީ ތަރި ފާތިމަތު ރިހުލާ ބަންދުން ދޫކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޖަލުގައި ހުއްޓާ މާބަނޑުވުމުންނެވެ. ޖަލު ބަންދުގައި ތިބޭ ކައިވެނިކޮށްގެން ތިބޭ މީހުންނަށް ޝަރުތުތަކާއެކު، ބައިވެރިވާއެކު އެކަހެރި ވަގުތު ދެއެވެ.
ރިހުލާ އާއި އޭނާގެ ފިރިމީހާ މުހައްމަދު ޔުނާން 2020 ވަނަ އަހަރު ފަހު ކޮޅުން ފެށިގެން ތިބީ ޖަލު ބަންދުގައެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ އާއްމުންގެ ބަޔަކު ނިކުމެ، ޔުނާން އުޅެމުން އައި ގޭގެ ބޭރުގައި މުޒާހަރާ ކުރަން ފެށުމުން އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އެ މީހުން ހައްޔަރުކޮށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަ ބަލާ ނިމެންދެން ބަންދު ކުރުމަށް ކޯޓުން ހުކުމް ކުރިއެވެ. އެ މީހުންގެ މައްސަލަ މިހާރު ހުޅުމާލޭ ކޯޓުގައި ކުރިޔަށް އެބަދެއެވެ. އަދި މައްސަލައިގެ ނިޔާ އިއްވާފައެއް ނުވެއެވެ.
ރިހުލާ ބަންދުން ދޫކޮށްލާފައިވާއިރު، މައްސަލާގައި ހިމެނޭ ކުދިންނާއި، ހެކިބަސްދޭ ފަރާތްތަކާ ބައްދަލުނުކުރަން ޝަރުތުކޮށްފައިވެއެވެ. އަދި ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް ވެސް ޝަރުތުކޮށްފައިވެއެވެ.
މި މައްލަައިގައި ޔުނާނުގެ މައްޗަށް 9 ދައުވާއެއް ކުރިއިރު ރިހުލާގެ މައްޗަށް އުފުލާފައިވަނީ ފަސް ދައުވާއެކެވެ.






ކޮމެންޓް