ޚަބަރު

ނިޒާމްއަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަންގެ މަރުގެ މައްސަލައިގައި މުހައްމަދު ނިޒާމްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާއެއްކޮށްފިއެވެ.

Ads by MWSC

ޕީޖީ އޮފީހުން ބުނީ ނިޒާމްގެ މައްޗަށް އުފުލާފައިވަނީ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އާއި، ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.

މި ދަޢުވާތައް ސާބިތުވެއްޖެނަމަ 10 އަހަރަށް ޖަލަށްލުން /ގިސާސް އާއި މަރުގެ ދިޔަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން މީގެ އިތުރުން 15 އަހަރަށް ޖަލަށް ލުމާއެކު 25،000 - 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މުހައްމަދު ނިޒާމް، މުހައްމަދު ލިޓޮން މަރާލީ އޭނާގެ ބައިލައްކަ ރުފިޔާ ވަގަށް ނެގުމަށް ފަހުކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އަދި ލިޓޮން މަރައިލީ އޭނާއަށް ނޭނގި ހުއްޓައި ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮއްޕައި ވައްޓާލައިގެން ކަމަށާއި މިކަން ހިނގީ 28 ޑިސެމްބަރު 2022 ވަނަ ދުވަހުގެ ރޭގަނޑު 7:00 - 8:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!