ޕްރިންސިޕަލުން ތަމްރީނު ކުރުން ކުރިއަށް ގެންދަނީ ދެމެހެއްޓެނިވި ގޮތެއްގައި: ނައިބު ރައީސް

ޕްރިންސިޕަލުން ތަމްރީންކުރުމަށް ކުރިއަށްގެންދާ މަސައްކަތަކީ ސަރުކާރުން ދެމެހެއްޓެނި ގޮތެއްގައި ކުރިއަށްގެންދާނެ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް މިހެން ވިދާޅުވީ ޕްރިންސިޕަލުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި ސްކޮލަރޝިޕް ފުރިހަމަކުރި ފަރާތްތަކަށް ޕްރިންސިޕަލުކަމުގެ މަސްޢޫލިއްޔަތު ހަވާލުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައިއެވެ. މި ރަސްމިއްޔާތުގައި ޕްރިންސިޕަލުކަމުގެ މަސްޢޫލިއްޔަތު ޕްރިންސިޕަލުންނަށް ހަވާލުކޮށްދެއްވީ ނައިބް ރައީސް ފައިޞަލް ނަޞީމްއެވެ.ނައިބް ރައީސް ވިދާޅުވީ ސްކޫލަކުން ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދެވޭނީ އެތަނެއް ހިންގަން ތިބި ޕްރިންސިޕަލުން ގާބިލް ބަޔަކަށް ވެގެންކަމަށެވެ.
އެހެންކަމުން ޕްރިންސިޕަލުންނަށް ފޯރުކޮށްދޭ ތަމްރީންގެ އަލީގައި ސްކޫލްތައް އެންމެ ރަނގަޅު ފެންވަރަށް ހިންގަވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.
ނައިބް ރައީސް ވިދާޅުވީ ޤައުމު ބިނާކުރުމަށް ކުރައްވާ މަސައްކަތްތަކަކީ ހުއްޓޭނެ މަސައްކަތެއް ނޫންކަމަށާއި ވަރަށް އަވަހަށް ޕްރިންސިޕަލުން ތަމްރީން ކުރުމުގެ އިތުރު 10 ސްކޮލަރޝިޕްވެސް ހުޅުވާލާނެކަމަށެވެ.
“ކޯވިޑްގައި ތަޢުލީމީ ދާއރާއިން ދައްކުވައިދިނީ ކާމިޔާބު އެތައްކަމެއް.މި ސަރަހައްދުގައިވެސް އެންމެ ބޮޑު ކާމިއްޔާބެއް ހާސިލްކުރީ ރައްޖެއިން. ދަރިވަރުންގެ ދިރިއުޅުމަށް ދިރިއުޅުމަށް އެންމެ ބޮޑު ބައެއް ދަސްކޮށްދެނީ މުދައްރިަސުން. އެހެންކަމަުން ކޮންމެ ދުވަހަކީވެސް ކަންތައްތައް ހޯދާ ބަލާ ދަސްކޮށް މެނޭޖްކުރާ ދުވަހަކަށް ހަދަންޖެހޭ.“ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވިއެވެ.
ޕްރިންސިޕަލުންގެ ސްކޮލަރޝިޕް އެވޯޑްކުރި ފުރަތަމަ ބެޗު ތަމްރީން ފުރިހަމަ ކޮށްފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ ޔުނިވަރސިޓީ އޮފް މަލާޔާއިންނެވެ. އެބޭފުޅުން ފުރިހަމަކޮށްފައިވަނީ މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ކޯހެވެ.
ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީންކުރުމަށް ހިންގާ ސްކޮލަރޝިޕް މި ޕްރޮގްރާމަކީ ރޭވުންތެރިކަމާއި އަދި ދެމެހެއްޓެނިވިގޮތެއްގައި ޤާބިލު ޕްރިންސިޕަލުން އުފެއްދުމަށް އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފުކުރި ޕްރޮގްރާމެެކެވެ. 3 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން ހުރިހާ ޚަރަދެއް ކުރާނީ







ކޮމެންޓް